Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޫސުމީ ބަދަލުތަކާއި ގުޅޭ ސިޔާސަތުތަކަށް ސައްހަ ޑޭޓާ މުހިންމު: ވަޒީރު ޠާރިޤު

މޫސުމީ ބަދަލުތަކާއި ގުޅޭ ސިޔާސަތުތަކަށް ސައްހަ ޑޭޓާ މުހިންމު: ވަޒީރު ޠާރިޤު

އާނާ ފަހީމް
629 ދުވަސް ކުރިން - 10 ޑިސެންބަރު 2024 16:18
ޔޫއެންސީސީޑީ ކޮޕް 16 ގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު
ޔޫއެންސީސީޑީ ކޮޕް 16 ގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު
ޚުލާސާ

މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ސައްހަ ޑޭޓާ މުހިންމުކަމަށް ވިދާޅުވެ، ރާއްޖެއިން ގްރޫޕް އޮން އާރތް އޮބްޒަރވޭޝަންސްއާއި ގުޅި ތިމާވެށި ރައްކާތެރިކުރުމުގެ ޤާބިލުކަން އިތުރުކުރަމުންދާ ކަމަށް ވަޒީރު ޠާރިޤު ވިދާޅުވެއްޖެ.

މޫސުމީ ބަދަލުތަކާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ސައްހަ ޑޭޓާ މުހިންމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއިބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރިޔާޟުގައި ބޭއްވުނު ޔޫއެންސީސީޑީ ކޮޕް 16 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއިން ރަސްމީކޮށް ގްރޫޕް އޮން އާރތް އޮބްޒަރވޭޝަންސްއާއި ގުޅި، ތިމާވެށި ރައްކާތެރިކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. މި ގުޅުމުގެ ސަބަބުން، ތިމާވެށި މޮނިޓަރކުރުމުގެ ޤާބިލުކަން އިތުރުވެ، ގްލޯބަލް ނެޓްވޯކެއްގެ އެހީގައި އައު ހައްލުތައް ހޯދުމަށް މަގުފަހިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ޕާޓްނަރޝިޕްގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީތަކާއެކު ޤައުމަށް މުހިންމު އިކޯސިސްޓަމްތައް ރައްކާތެރިކޮށް އަލުން އާލާކުރެވޭނެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސިޔާސަތުޭ ސިޔާސަތުތައް އެކުލަވާލުމަށް އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ޑޭޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، "އާރތު އިންޓެލިޖެންސް" އާއި އެހެނިހެން އައު ގޮތްތައް ބޭނުންކޮށްގެން ޑޭޓާ އެއްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް މަރުޙަބާ ކިޔާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، މި ދާއިރާގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

109 ދުވަސް ކުރިން - 12:11

އަންނަ މަހުން ފެށިގެން ސްޕިއާ ފިށިންކުރަން ހުއްދަ ދެނީ

އަންނަ މަހުން ފެށިގެން،ސްޕިއާ ފިށިންކުރަން ހުއްދަ ދެނީ

154 ދުވަސް ކުރިން - 21:37

ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުކުރި

މިދިޔައަހަރު ތެޔޮ އެތެރެކުރަން 10 ބިލިއަން ހަރަދުކުރި

158 ދުވަސް ކުރިން - 09:48

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތާށިވި 1600 އަށްވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފި

ހާހަކަށް ވުރެ ގިނަ ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން

172 ދުވަސް ކުރިން - 17:24

ރާއްޖޭގައި މި އަހަރު ހަތް ރިސޯޓެއް ހުޅުވާނެ: ޓުއަރިޒަމް މިނިސްޓަރު

މި އަހަރު ރާއްޖޭގައި ހަތް ރިސޯޓެއް ހުޅުވަނީ

180 ދުވަސް ކުރިން - 19:02

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

ވެލާނާ އެއާޕޯޓުގެ،23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި

183 ދުވަސް ކުރިން - 13:35