Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްވެރިންނަށް އިސްކަން ދިނުމަކީ ސަރުކާރުގެ އަމާޒު: ވަޒީރު ޝިޔާމް

މަސްވެރިންނަށް އިސްކަން ދިނުމަކީ ސަރުކާރުގެ އަމާޒު: ވަޒީރު ޝިޔާމް

އާނާ ފަހީމް
588 ދުވަސް ކުރިން - 10 ޑިސެންބަރު 2024 14:05
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް/ ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް/ ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ
ޚުލާސާ

މަސްވެރިންނަށް ފައިސާ ދިނުމުގައި އިސްކަންދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެ، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވަޢުދު ފުއްދުމަށް ސަރުކާރުން މަސައްކަތްކު ރަމުންދާކަން ފާހަގަކުރައްވައިފި.

މަސްވެރިންނަށް ފައިސާ ދިނުމުގައި އިސްކަންދިނުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު މިވާހަކަ ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މީގެކުރިން މިފްކޯއަށް ލިބޭ އާމްދަނީން ޚަރަދުކުރާއިރު މަސްވެރިން އަންނަނީ ލިސްޓުގެ އެންމެ ފަހަތަށް ކަމަށެވެ. ނަމަވެސް މިހާރު މަސްވެރިން އަންނަނީ އެ ލިސްޓުގެ އެންމެ ކުރިއަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި ކަމަކީ މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ ނޫނިއްޔާ މިފްކޯގެ އާމްދަނީން އެންމެ އިސްކަން ދޭންޖެހެނީ މަސްވެރިންނަށްކަން. އެއަށްފަހުކަން މަސްވެރިކަން ކޮށްގެން ލިބޭ އާމްދަނީއަކުން އެހެން ކަންކަން އަންނަ ގޮތައް އެ ހަމަޖެއްސެވީ," ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭންޖެހިފައި އޮތްކަމަށާއި، ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ފައިސާ ދީ ޚަލާސްކުރިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްކަމަށާއި، އެ ވަޢުދު ފުއްދެވުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއި ވަރަށް ގާތުން މަޝްވަރާކުރައްވައި މަސައްކަތް ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މިފްކޯ ހަރުދަނާކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިފްކޯ ހިންގެވުމަށް ފުރަތަމަ ފަހަރަށް ބޭރުގެ ސީއީއޯއެއް އައްޔަން ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިއީ ނުފޫޒުން އެއްކިބާވެ މިފްކޯގެ ހިންގުން ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވަޒީރު ޝިޔާމް ނިންމާލަމުން ވިދާޅުވީ، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބުމަކީ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި، މިހާރު އެކަން ޙައްލުކުރެވި، މަސްވެރިންނަށް އިސްކަންދީގެން ކުރިއަށްދާކަމަށެވެ. "މީގެކުރިން މަސްވެރިން އަންނަނީ ފަހަތަށް އެހެންނަމަވެސް މިހާރު މިއައީ އެންމެ ކުރިއަށް. އެއީ އެންމެ މުހިންމު ކަމަކީ،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްމަސްވެރިންގެ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

57 ދުވަސް ކުރިން - 14:27

އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

ޓެރިފް ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

60 ދުވަސް ކުރިން - 11:17

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

62 ދުވަސް ކުރިން - 18:18

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭނެ: ޝިޔާމް

62 ދުވަސް ކުރިން - 13:05