އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ފަސްނުޖެހި މަސައްކަތްކުރަން ޖެހޭ

އާނާ ފަހީމް | 356 ދުވަސް ކުރިން - 10 ޑިސެންބަރު 2024 11:15
އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް 2024/ ފޮޓޯ: އެޗްއާރްސީއެމް
އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް 2024/ ފޮޓޯ: އެޗްއާރްސީއެމް
ޚުލާސާ

ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރަމުންދާއިރު، ރާއްޖޭގައިވެސް މި ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ވަނީ ހޯދާފަ. އެހެންނަމަވެސް، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ.

އިންސާނީ ހައްޤުތަކުގެ ދުވަސް މިއަދު ފާހަގަކުރެވޭއިރު، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ފަސްނުޖެހި މަސައްކަތްކުރަން ޖެހޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބާރުއަޅާފައެވެ.

އިންސާނީ ހައްޤުތަކުގެ ޢާންމު ޤަރާރު އދ. އިން ފާސްކުރިތާ މިހާރު 76 އަހަރު ވެފައިވާއިރު، ދުނިޔޭގެ އެކި ޤައުމުތަކުގައި އިންސާނީ ހައްޤުތައް މާނަކުރާ ގޮތް ތަފާތުވެފައިވާކަން ފާހަގަކުރެވެއެވެ. އެޗްއާރްސީއެމްއިން މާނަކުރާ ގޮތުގައި އިންސާނީ ހައްޤުތަކަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤުތަކެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރަމުންވދާއިރު، ރާއްޖޭގައި ވެސް މި ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ހައްޤުތައް ކަށަވަރުކުރުމަށް ޤާނޫނު އަސާސީގައި ހިމަނައި، އެކަމަށް ބާރުލިބޭ އެތައް ޤާނޫނެއް ވަނީ ފާސްކޮށްފައެވެ.

އެޗްއާރްސީއެމް އުފެދުނުތާ 21 އަހަރު ފުރޭއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 311 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި، 431 މައްސަލައެއް ބަލަމުން ގޮސްފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފައި ވެއެވެ. އަދި 143 މައްސަލަ ވަނީ ބަލައި ނިންމާފައެވެ.

މިއަހަރުގެ އިންސާނީ ހައްޤުތަކުގެ ދުވަހުގެ ޝިޢާރަކީ "އަޅުގަނޑުމެންގެ ހައްޤުތައް، އަޅުގަނޑުމެންގެ މުސްތަޤުބަލް، މިހާރު" އެވެ. މި ޝިޢާރަކީ ހައްޤުތައް ކަށަވަރުކުރުމަށް އަޑުއުފުލައި މަސައްކަތް ކުރުމަށް ގޮވާލާ ޝިޢާރެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%