Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްވެރިންގެ ދުވަހުގައި މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

މަސްވެރިންގެ ދުވަހުގައި މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ހުސައިން އިސްމާއިލް
638 ދުވަސް ކުރިން - 10 ޑިސެންބަރު 2024 10:34
2023 ވަނަ އަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި "މަސްވެރިންގެ ގުންޒަރު"
2023 ވަނަ އަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި "މަސްވެރިންގެ ގުންޒަރު"
ޚުލާސާ

މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމާއި، އަގުހެޔޮކޮށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދީ އައިސްޕްލާންޓުތައް ހިންގުން ކައުންސިލްތަކަށްދީ، ބޭންކު ލޯނާއި އެސްޓީއޯގެ މުދާތައްވެސް މަސްވެރިންނަށް ލިބޭނެ މަގު ތަނަވަސް ކޮށްދެއްވައިފި.

މަސްވެރިންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ހުރިހާ މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ދެއްވައިފިއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސްވެރިންގެ ހިތްވަރާއި މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ. އެގޮތުން އިއްޔެއިން ފެށިގެން ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް، މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

pic.twitter.com/aJ7tPqIKvm

— Dr Mohamed Muizzu (@MMuizzu)

Advertisement

Advertisement 1

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތުގައި ސަރުކާރުގެ ކޮންޓްރޯލް ދޫކޮށްލައްވައި، ބާރުވެރިކަން މަސްވެރިންނަށް ދެއްވާނެކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ އެއްވެސް އަތޮޅެއްގެ އެއްވެސް ކައުންސިލަކުން އަމިއްލަޔަށް މަސްވެރިންނާއި ގުޅިގެން އައިސް ޕްލާންޓް ހިންގަން ބޭނުންވާނަމަ އެ ފުރުސަތުތައް ވެސް ދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މިހަފްތާގައި ގެޒެޓްކުރާ މަސްވެރިންގެ ދަފްތަރާއި އެކު ސަރުކާރުގެ މައި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ މުދާތައް ވެސް ކްރެޑިޓް ސްކީމްގެ ދަށުން ލިބުމުގެ ފުރުސަތު މަސްވެރިންނަށް އޮންނާނެއެވެ. މީގެ އިތުރުން، މަސްވެރިޔަކަށް ވީތީވެ ބޭންކް އޮފް މޯލްޑިވްސްގެ ލޯނުތައް ވެސް ލިބޭނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. މި ލޯނުތައް އިތުރަށް ފުޅާ ކުރުމަށްޓަކައި އިސްލާމިކް ބޭންކާއި ވެސް މަޝްވަރާ ކޮށް އެ ބޭންކުގެ ލޯނު ސްކީމުގެ ފުރުޞަތު ވެސް މަސްވެރިންނަށް ހުޅުވޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށައި އެކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ލޯނުތައް ހުޅުވައިލާނީ މިހަފްތާގައި މަސްބެރިންގެ ދަފްތަރު ގެޒެޓު ކުރުމަށްފަހުގައެވެ.

ސަރުކާރުން މި ގެންނަވާ ބަދަލުތަކަކީ މަސްވެރިންގެ ދިގު މުއްދަތުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިކަންރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްފިޝަރީޒް މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05