މި ސަރުކާރަށް ޖެއްސުން ކުރުމަށާއި ޤައުމު ހަލަަބޮލި ކުރުމުގެ ނިޔަތުގައި އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަނީ މުޑުދާރު ޢަމަލުތަކެއް ކުރަމުންނެވެ.
ޤައުމުގެ ހަމަޖެހުން ނަގާލައި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި އެ ޕާޓީން އަންނަނީ "ޤާނޫނު އަސާސީގެ ދިފާއުގައި" ކަމަށް ބުނާ މުޒާހަރާއަކަށް ތައްޔާރުވަމުންނެވެ.
އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރުވެސް ވައްކަމާއި ކޮރަޕްޝަނުގެ އެތައް ޖަރީމާއެއް ހިންގާފައިވާއިރު، މިހާރުވެސް އެ ޕާޓީ ދެމި އޮތީ އެފަދަ މަސައްކަތްތައް ކުރުމުގައެވެ. އެގޮތުން މުޒާހަރާއަށް އައުމަށް ދައުވަތުދީ އާންމުކުރަމުން އަންނަ ޕޯސްޓުގައިވާ ފޮޓޯއަކީ ވެސް ވަގަށް ނަގާފައިވާ ފޮޓޯއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ފޮޓޯ ނަގާފައިވާ ފޮޓޯގްރާފަރުގެ މަސައްކަތަށް އެއްވެސް ވަރެއްގެ ކްރެޑިޓެއް ދީފައި ނުވާކަން ފާހަަކޮށްލެވެއެވެ.
މިކަމާ ގުޅޭ ގޮތުން އެ ފޮޓޯގްރާފަރ، ނައުޝަމް ވަހީދު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެ ޕޯސްޓު ޙިއްޞާކޮށް ވަނީ އަހާލުމެއް ކަހާލުމެއް ނެތި އެމްޑީޕީން ފޮޓޯ ވަގަށް ނަގާފައިވާ ކަމަށް ބުނެފައެވެ. އަދި ޙައްޤުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، ފޮޓޯގެ އެއްވެސް ޙައްޤެއް ނެތްތޯ ނައުޝަމް ވަނީ ސުވާލު އުފައްދާފައެވެ.

ފޮޓޯގެ ކްރެޑިޓް ނުދިނުމުން ނުރުހުން ފާޅުކޮށް ފޮޓޯގްރަފަރ ނައުޝަމް ވަހީދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓު.
މިއީ އެމްޑީޕީގެ ވަގުކަން ދައްކުވައިދޭ ކުޑަ ކުޑަ މިސާލެކެވެ. ފޮޓޯގްރާފަރުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ ބަޔަކަށްވީއިރު، އެމީހުންގެ މަސައްކަތް މިފަދައިން ކުޑައިމީސް ކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫނެވެ. ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ ވާހަކަދައްކަމުން އަންނަ އިރު، ޤާނޫނު އަސާސީއަށް ކޮޅުފައިން އަރާފައިވަނީ ވެސް ހަމަ އެ ޕާޓީން ކަން ރައްޔިތުންނަށް އޮޅުވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.









