"ސައިބަރ އެކްސްޕޯ 2024" މި މަހުގެ 11 ގައި ފަށަނީ

އަައިޝަތު ޒީނާ | 357 ދުވަސް ކުރިން - 9 ޑިސެންބަރު 2024 15:19
"ސައިބަރ އެކްސްޕޯ 2024" ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ފުލުހުން
"ސައިބަރ އެކްސްޕޯ 2024" ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ފުލުހުން
ޚުލާސާ

މި އެކްސްޕޯ ކުރިން ބާއްވާން ނިންމާފައިވަނީ މި މަހުގެ 10 އިން 12ވަނަ ދުވަހުގެ ނިޔަލަށް. ނަމަވެސް މިހާރު އެކްސްޕޯ އޮންނާނީ 11 އިން 13ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ.

"ސައިބަރ އެކްސްޕޯ 2024" މި މަހުގެ 11ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި އެކްސްޕޯ ކުރިން ބާއްވާން ނިންމާފައިވަނީ މި މަހުގެ 10 އިން 12ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އެކްސްޕޯ އޮންނާނީ 11 އިން 13ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެކެވެ. މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާޙަޢުލެއް ޤާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަޙުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ވެގެންދާނީ ސައިބަރ ސެކިއުރިޓީއަށް ބޭނުންކުރެވޭ ގެޖެޓްސްތަކާއި ސަރވިސްތައް އެއްތަނަކުން ބަލާލެވޭނެ އަދި އާއްމުކޮށް ކުރިމަތިވާ ސައިބަރ އެޓޭކްސްތަކާއި މިފަދަ އެޓޭކްސްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު މި ދާއިރާގެ ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުޞަތަކަށް ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ''ސައިބަރ އެކްސްޕޯ 2024'' ގެ ވެބްސައިޓް ލޯންޗުކުރުމަށް މިދިޔަ މަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދާޚިލި ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސައިބަރ ސްޕޭސްގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރާ ހަވާލުވެގެން އައި އިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބަރ ތްރެޓްސް އައި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރުވެސް ވަޒަން ކުރަންޖެހޭ ކަމަށާއި ނެޝަނަލް ލެވެލްގައި މުޅި ސައިބަރ ސްޕޭސް މެނޭޖުކުރަން ޖެހޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%