މަސްވެރިންގެ ދަފްތަރު ގެޒެޓް ކުރުމާއެކު ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ލޯނާއި އެސްޓީއޯގެ މުދާ ލިބުމުގެ މަގު ފަހިވެއްޖެ

ހުސައިން އިސްމާއިލް | 313 ދުވަސް ކުރިން - 9 ޑިސެންބަރު 2024 12:50
ޚުލާސާ

މަސްވެރިންގެ ދަފްތަރާ ބެހޭ ގާނޫނު މިހަފްތާ ނިމުމުގެ ކުރިން ގެޒެޓް ކުރެވުމުން މަސްވެރިންނަށް ބޭންކުތަކުން ލޯނު ލިބުމުގެ މަގު ފަހިވެ އެސްޓީއޯގެ ކްތެޑިޓް ސްކީމްގައި ބައިވެރިވެވޭނެ.

މަސްވެރިންގެ ދަފްތަރާއިބެހޭ ޤާނޫނު މިހަފްތާ ނިމުމުގެ ކުރިން ގެޒެޓް ކުރެވޭނެ ކަމަށާއި، މިއާއިއެކު މަސްވެރިންނަށް ބޭންކުތަކުން ލޯނާއި އެސްޓީއޯ ސްކީމުގެ ދަށުން އެއްޗެހި ނެގުން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގާފަރުގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މަސްވެރިކަން "ކޮޅަށްޖަހައި" ސިނާޢަތު ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ސިނާޢަތަކީ މަސްވެރިކަމެވެ.

މަސްވެރިކަން ފުޅާކޮށް މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ސްޓޯރޭޖް ކެޕޭސިޓީވެސް ދަނީ ބޮޑުކުރަމުންމެވެ. މީގެ އިތުރުން މިފްކޯ ރިފޯމްކުރުމާއި، މަސްވެރިންނަށް ކޮންމެހެން ބޭނުންވާ އެހެނިހެން ކަންތައްތައް ވެސް ސަރުކާރުން ދަނީ ކޮށްދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރު ގެޒެޓް ކުރުމުން މަސްވެރިންގެ ދިރިއުޅުމަށް އިތުރު ލުއިތައް ލިބިގެންދާނެއެވެ. މީގެ ކުރިން މަސްވެރިޔަކަށްވީތީވެ ލޯނު ދިނުމާއި އެސްޓީއޯއިން ބޭނުން ވަރަކަށް ބޭނުން އެއްޗެއް ނުވެސް ލިބެއެވެ. ނަމަވެސް، މިސަރުކާރުން ގެންނަ މި ބަދަލާއިއެކު މަސްވެރިންނަށް އެސްޓީއޯއިން މުދާވެސް ލިބޭނެއެވެ.

ސަރުކާރުން ބޭނުންވާ ފެންވަރަށް އަދި މަސްވެރިންގެ އުއްމީދުތަކާއި އެއްގޮތަށް ޚިދުމަތް ދެވެން ފެށޭނީ އަންނަ އަހަރުއެވެ. ސަބަބަކީ ހިނގަމުންމިދާ 2024 ވަނަ އަހަރުހެ ބަޖެޓަކީ ތަރައްޤީ ގެނައުމަށް ފާސްކޮށްދީފައިވާ ބަޖެޓެއް ނޫނެވެ. މިއީ މިސަރުކާރަށް ޖެއްސުން ކުރުމަށް ކުރީގެ ސަރުކާރުގެ މަޖިލިސް މެމްބަރުން ފާސްކުރި ބަޖެޓެކެވެ. އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ތަޅުން ނެއްޓިފައިވާ ބަޖެޓެއް ކަމަށާއި، ދެން ރައްޔިތުންނަށް ފެންނާނީ ތަރައްޤީގެ ޕްރޮޖެކްޓުތައް ހިނގާ މަންޒަރެވެ.

ފާހަގަ ކޮށްލަން ޖެހޭ މުހިންމުބކަމަކީ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ފައިސާ މިހާރު ވަނީ ދޭން ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%