Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުން ވަކި ކުށަކަށް ހެދުމަށް ހުސްނީ ގޮވާލައްވައިފި

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުން ވަކި ކުށަކަށް ހެދުމަށް ހުސްނީ ގޮވާލައްވައިފި

އާނާ ފަހީމް
629 ދުވަސް ކުރިން - 9 ޑިސެންބަރު 2024 13:12
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
ޚުލާސާ

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުން ވަކި ކުށަކަށް ހަދައި އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކަކީ މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ ކަމެއް ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ ވިދާޅުވެއްޖެ.

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެއްޗާއިބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ކުރުވާނަމަ އެކަން ވަކި ބާވަތެއްގެ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

މެންބަރު ހުސްނީ މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްތުވާތަކެއްޗާއިބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ މިއަދާއި ހަމައަށް މި ގާނޫނަށް ދެ އިސްލާހެއް ގެނެވިފައި ވީނަމަވެސް، ގާނޫނުގައި އޮތް ބާގަނޑެއްގެ ސަބަބުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކަކާއި ކުރިމަތި ވަމުންދާ ކަމަށެވެ.

Advertisement

Advertisement 1

ހުސްނީ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި ދެކޮޅަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ކުޑަކުދިން ބޭނުން ކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ކަމަށެވެ. ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ކުޑަކުދިން އެކަމުގެ ތެރެއަށް ވަދެ، އެ ކުދިން ހަލާކު ކުރެވެމުން ދާކަން ފާހަގަ ކުރައްވައި މެންބަރު ވަނީ އެ ބިލުގައި ބަޔާން ކުރާ ކުށެއް ކުރުމުގައި ކުޑަކުދިން ބޭނުން ކުރާނަމަ ވަކި ބާވާތެއްގެ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ.

ގާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހުތަކަކީ އެ ހުރަސްތައް ނައްތާލުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ފަސޭހައިން ދައުވާ ކުރެވޭނެހެން އަލަށް ބޭނުންކުރަމުންދާ މަސްތުވާތަކެތީގެ ބާވަތްތައް ޖަދުވަލުތަކުގައި ހިމަނާފައިވާ ކަމަށާއި، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތައް ވެސް ވަކި ޖަދުވަލެއްގައި ހިމަނާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، ނެޝަނަލް ޑްރަގް ކައުންސިލުން ދޭ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެއީ މަސްތުވާ އެއްޗެއްގެ ގޮތުގައި ހިމަނާ އެކަން މަޖިލީހަށް ހުށަހަޅާ ގޮތަށް ބިލުގައި ހިމަނާފައިވާކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.

މެންބަރު ވިދާޅުވީ ބިލު ފާސްކުރެވިގެންދާއިރު، ކޮމިޓީ މަރުހަލާގައި އެ ކަންކަމަށް ރިއާޔަތްކޮށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބޭފަދަ ގޮތަކަށް މި ގާނޫނު ބައްޓަން ކުރެވިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން ރައްޔިތުންގެ މަޖިލީހަށް އެ ހުށަހަޅަން ޖެހޭ ހާލަތަކަށް ނާދޭ. މަޖިލީހަށް ހުށަނޭޅި ނަމަވެސް ކައުންސިލުން ދޭ ލަފާގެ މަތިން ރައީސްގެ ގަރާރަކުން އެހެން އޮތުމުން އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" ހުސްނީ މުބާރަކް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43