ގާފަރަށް އޮތީ ދާއިމީ ނަތީޖާއެއް ހޯދައިދިނުން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 315 ދުވަސް ކުރިން - 9 ޑިސެންބަރު 2024 11:08
ރައީސް، ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް، ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެ ކަމަށާއި، ތަޢުލީމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް އަންނަ އަހަރު ފެށުމަށް ޚާއްޞަ އިސްކަމެއްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މާލެއަތޮޅު ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ދާއިމީ ނަތީޖާ ރަނގަޅުވާނެ ގޮތަކަށް ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވެއްޖެއެވެ.

ގާފަރު ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށް މަޝްވަރާކޮށްފައެވެ. މިގޮތުން، ރަނގަޅު ފެންވަރެއްގެ ޞިއްޙީ މަރުކަޒެއް ޤާއިމުކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމާއި، މަސްވެރިންގެ ކަންބޮޑުވުންތައްވެސް ފާޅުކުރެއްވިއެވެ.

އެގޮތުން، އ.ތ.މ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަމާއި ހޭންޑް ބޯލް ދަނޑު ނުނިމި އޮތުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެ ކަމަށާއި، ތަޢުލީމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް އަންނަ އަހަރު ފެށުމަށް ޚާއްޞަ އިސްކަމެއްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ތަރައްޤީގެ ކަންކަން ތާށިނުވެ ކުރިއަށް ގެންދިއުމަށް އަހަންމިއްޔަތުކަން ދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%