Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިފްކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރުގެ ސީއީއޯ އެއް

މިފްކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރުގެ ސީއީއޯ އެއް

އާނާ ފަހީމް
625 ދުވަސް ކުރިން - 9 ޑިސެންބަރު 2024 11:37
ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ޚުލާސާ

މިފްކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރުގެ ބޭފުޅެއްކަމަށްވާ ސުވިޒަރލޭންޑުގެ ޑރ. ވިތާލީ ލުބިމޮފް ކުންފުނީގެ ސީއީއޯގެ މަޤާމަށް ޢައްޔަންކުރައްވައި، މާދަމާ ރަސްމީކޮށް މަސައްކަތާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށް މިފްކޯއިން ހާމަކޮށްފި.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަޤާމަށް ސުވިޒަރލޭންޑުގެ ބޭފުޅެއް ކަމަށްވާ ޑރ. ވިތާލީ ލުބިމޮފް ޢައްޔަންކުރައްވައިފިއެވެ. މިއީ މިފްކޯގެ ތާރީޚުގައި އެ ކުންފުނީގެ ސީއީއޯއަކަށް ބޭރުގެ ބޭފުޅެއް ޢައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

ވިޔަފާރީގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑރ. ވިތާލީ، މާދަމާ ރަސްމީކޮށް މަސައްކަތާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށް މިފްކޯއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިފްކޯގެ ކުރީގެ ސީއީއޯ އަޙްމަދު ޝަމާހު ރަޝީދު އެ މަޤާމުން މެއި މަހުގެ ތެރޭގައި ވަކިކުރެއްވުމާ ގުޅިގެން، މިފްކޯއަށް އައު ސީއީއޯއެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން އިޢުލާންކުރެވުނެވެ. އެހެންނަމަވެސް، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި ރަސްމީކޮށް ޑރ. ވިތާލީ މި މަޤާމަށް ޢައްޔަންކުރެއްވިކަން އިޢުލާންކުރައްވާފައެއް ނުވެއެވެ.

Advertisement

Advertisement 1

ކުރިން ކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ސީއީއޯގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މަދުވެގެން 8 އަހަރު މަސްވެރިކަމާ ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި، އަދި މަދުވެގެން 4 އަހަރު މަސްވެރިކަމާ ގުޅުންހުރި ބައިނަލްއަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

1993 ވަނަ އަހަރު އުފައްދާފައިވާ މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ނަމަވެސް، މިހާތަނަށް އައިއިރު މިފްކޯއަކީ ދައުލަތަށް މާލީގޮތުން ބުރަ ބޮޑުވެފައިވާ ކުންފުންޏެކެވެ. އެހެންކަމުން، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ގެންނަ އެންމެ މުހިންމު އެއް ބަދަލަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭރުގެ ބޭފުޅެއް ކުންފުންޏަށް ގެނައުމެވެ.

މިފްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

43 ދުވަސް ކުރިން - 16:41

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

43 ދުވަސް ކުރިން - 13:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

43 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

52 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

52 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

68 ދުވަސް ކުރިން - 16:24