Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކުގެ މުހިންމުކަން ރައީސް ތަފްޞީލުކޮށްދެއްވައިފި

ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކުގެ މުހިންމުކަން ރައީސް ތަފްޞީލުކޮށްދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު
592 ދުވަސް ކުރިން - 9 ޑިސެންބަރު 2024 02:50
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި އިސްލާހުތަކަކީ ޤައުމަށް ހަމަޖެހުމާއި ތަރައްޤީ ގެނެސް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ގެންނެވި އިސްލާހުތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި.

ރައްޔިތުންގެ ޙައްޤުގައި ޤާނޫނުއަސާސީއަށް ސަރުކާރުން ގެންނެވި އިޞްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަފްޞީލްކޮށްދެއްވައިފިއެވެ. އއ. މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވަނީ ޤާނޫނުއަސާސީއަށް އެންމެފަހުން ގެންނެވި އިޞްލާޙުތަކުގެ ބޭނުމާއި، އެކަންކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްދެއްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ޤާނޫނުއަސާސީއަށް ގެނެވުނީ މައިގަނޑު 5 އިޞްލާހެކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުތައް މިލްކޮށްދިނުމާއި އަސްކަރީ ބޭނުމަށް ދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުޠުތަކާއި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ގުޅޭ އިޞްލާޙްތައް ހިމެނެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި 5 އިޞްލާޙަކީވެސް ރައްޔިތުންގެ އަތަށް ބާރުތައް ލިބޭގޮތަށް ގެނެސްފައިވާ އިސްލާހުތަކެއްކަމަށެވެ. އެގޮތުން، މިހާރު ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކާއި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުންކަމަށާއި، އަސްކަރީ ބޭނުމަކަށް ބޭރު ސިފައިންނަށް ރާއްޖޭގައި އޮޕަރޭޓް ކުރެވޭނީ މަޖިލީހުގެ އަޢުލަބިއްޔަތުން ފާސްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުޠުތަކާއި ގުޅޭ މާއްދާއަށް ގެންނެވި އިޞްލާޙާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީވެސް ރައްޔިތުންގެ އަތްމައްޗަށް ބާރު އަނބުރާ ދިނުމަށް ގެންނެވި އިޞްލާޙެއް ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާބެހޭގޮތުން ގެނެވުނު އިޞްލާޙާއެކު، ރައްޔިތުންގެ ވޯޓެއް ނުނަގަން މަޖިލީހުން ނިންމާނަމަ، އެކަމުގައިވެސް ރައްޔިތުންގެ ވޯޓެއް ބޭނުންވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި އިޞްލާޙުތަކަކީ ޤައުމަށް ހަމަޖެހުމާއި ތަރައްޤީ ގެނެސް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ގެންނެވި އިޞްލާޙުތަކެއްކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައްޔިތުންގެ ކުރިމަގާއި ޤައުމުގެ ތަރައްޤީއަށް ކުރަންޖެހޭކަންކަން ކުރުމަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއއ. މަތިވެރި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

19 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38