Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާސަންދައާއި ޕެންޝަން ސްކީމް ކަނޑާނުލާނެކަމަށް ރައީސް ވިދާޅުވެއްޖެ

އާސަންދައާއި ޕެންޝަން ސްކީމް ކަނޑާނުލާނެކަމަށް ރައީސް ވިދާޅުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ
594 ދުވަސް ކުރިން - 9 ޑިސެންބަރު 2024 00:21
އާސަންދައާއި ޕެންޝަން ސްކީމް ކަނޑާނުލާނެކަމަށް ރައީސް ވިދާޅުވެއްޖެ
ޚުލާސާ

އާސަންދަ އާއި ސަބްސިޑީ ހުއްޓައިނުލާނެ ކަމަށާއި އެފަދަ ވާހަކަތަކަކީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުމަށް ބަޔަކު ދައްކަމުންދާ ވާހަކަތަކަށް ވީއިރު، ސަރުކާރުން މަސައްކަތް ކުރަނީ ޚިދުމަތްތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވި.

ރައްޔިތުންނަށް ލިބެމުންދާ އާސަންދައާއި، ޕެންޝަންގެ ސްކީމް ނުވަތަ ސަބްސިޑީއަށް ބަދަލުތަކެއް ގެނެސް އެ ޚިދުމަތްތައް ކަނޑާލުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ، ރައީސް މިހެން ވިދާޅުވީ، އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގައި ބޭއްވެވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިހާރަށް ވުރެ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ދިނުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުވައި ބައެއް ފަރާތްތަކުން ފަތުރަމުން ދަނީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް އާންމު ރައްޔިތުންގެ އާސަންދައަކުން އެއްވެސް އެއްޗެއް އުނި ނުވާނެ... އެހެންވީމަ މިގޮތަށް އާސަންދަ ރިފޯމު މި ކުރަނީ... އޭގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލައި އުނިކުރަމުން ދާނީ," ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ، ދައުލަތުގެ ބޭކާރު ބޮޑެތި ޚަރަދުތައް ހިނގާ ބާބުތައް ފޫބައްދައި، ނާޖާއިޒު ގޮތުގައި ކުރަމުންދާ ޚަރަދުތައް ވެސް އުނި ކުރައްވާނެ ކަމަށެވެ. މިސާލެއްގެ ގޮތުން، އާސަންދައިގެ ދަށުން އަގުބޮޑުކޮށް ބޭސް ވިއްކަމުންދާ މައްސަލަ ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކުރަމުންދާ ރިފޯމް މަސައްކަތުގެ ސަބަބުން، ރައްޔިތުން ކުރަން ޖެހޭ އެއްވެސް ހޭދައެއް ނެތްކަމަށާއި، އަދި ދޭ ޚިދުމަތްތައް ކުޑަވެގެން ވެސް ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ. ބޭހުގެ އަގު ދައްކަން ޖެހި ނުވަތަ އާސަންދައިގެ ދަށުން ލިބެމުން އައި ބޭސްތަކަށް ވެސް އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަކޮށް ފާހަގަކޮށްފައި ވަނީ، ރާއްޖޭގެ މާލީ ޙާލަތު ހުރި ގޮތުން އަރައިގަނެ ޤައުމުގެ ތަރައްޤީއަށް މިވަގުތު ކުރިޔަށް ގެންދަން ހުރި މަޝްރޫޢުތަކެވެ. އަދި ބަޖެޓުގައި ހިމަނާފައި ހުރި ރިފޯމްތަކުގެ ތެރޭގައި އާސަންދައާއި، ސަބްސިޑީ އަދި ޕެންޝަން ސްކީމަށް ގެންނަ ބަދަލުތައް ފާހަގަކުރެވެއެވެ.          

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްއާސަންދައއ. މަތިވެރި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

3 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

3 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

4 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

4 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

5 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

21 ގަޑިއިރު ކުރިން - 20:04