Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންނަ އަހަރު މަތިވެރީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނަން: ރައީސް

އަންނަ އަހަރު މަތިވެރީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނަން: ރައީސް

އާނާ ފަހީމް
590 ދުވަސް ކުރިން - 9 ޑިސެންބަރު 2024 02:28
އަންނަ އަހަރު މަތިވެރީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނަން: ރައީސް
ޚުލާސާ

މަތިވެރީގައި މިހާރު ވެސް 18 ގެސްޓުހައުސް ހުރިއިރު އެސަރަޙައްދުގައި އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށާއި، ބަނދަރާއި ހޮސްޕިޓަލް ވެސް ތަރައްޤީ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި..

މިއަންނަ އަހަރު އެންމެ ފުރަތަމަ ފެށޭ އެޔާޕޯޓު އެޅޭ މަރުހަލާގައި އއ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގައި އޮތް ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭނީ ބޯހިޔާވަހިކަމަށާއި ތައުލީމަށާއި އަދި ސިއްޚީ ދާއިރާއަށެވެ.

އއ. އަތޮޅަކީ މިހާތަނަށް އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މަސައްކަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ދަތިތަކެއް ހުރިނަމަވެސް އަންނަ އަހަރުން ފެށިގެން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ފެށޭނެއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި އެ ވަޢުދުތަކުގެތެރޭގައި ހިމެނޭ މަޝްރޫޢުތައް ފެށި، އަދި ބައެއް މަޝްރޫޢުތައް ނިންމާތަން ޢަމަލީގޮތުން ފެންނާނެކަމަށެވެ.

މަތިވެރީގައި މިހާރު ވެސް 18 ގެސްޓުހައުސް ހުރިއިރު މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލާއިރު އެސަރަޙައްދުގައި ކޮންމެހެން ވެސް އެއާޕޯޓެއް އޮންނަން ޖެހެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ނަތީޖާ ނެރުން ކަމަށާއި، މިހާރު މިއޮތީ އިގްތިސާދީގޮތުން ސްޓްރޯންގް ބޭސްއެއް ގާއިމްކުރެވިފައެވެ. ރައީސް އިތުރަށް ވިދާޅުވީ، ޕްރޖެކްޓުތައް ހިގަން ފެށީމަ އިގްތިސާދު ރަގަޅުވެގެންދާނެއެވެ.

ކުރީގެ ވެރިކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބިކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވިއެވެ. "މިހާރު އެއްވެސް ބޭރު އަސްކަރީ ބޫޓު ޖޯޑެއް ރާއްޖެއިން ނުފެންނާނެ. ޓްރެއިނިންއެއް ފިޔަވާ ރާއްޖޭގައި އެހެން އެއްވެސް ބޭރު އަސްކަރީ ބަޔަކަށް އާދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން".

އެއާޕޯޓުގެ އިތުރުން މަތިވެރީގެ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަތިވެރީގެ ބިން ހިއްކައި ގޮނޑުދޮށް ވެސް ހިމާޔަތްކުރައްވާނެކަމަށާއި އަދި ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރައްވައި ޚިދުމަތްތައް އިތުރަށް ފުޅާ ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއއ. މަތިވެރިއެއާޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

14 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

19 ގަޑިއިރު ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

6 ދުވަސް ކުރިން - 11:20