Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

“ރަހަވަރު" މުބާރާތް އަތޮޅުތަކަށް ގެންދިއުމަށް ވިސްނަން: ވަޒީރު ޝިޔާމް

“ރަހަވަރު" މުބާރާތް އަތޮޅުތަކަށް ގެންދިއުމަށް ވިސްނަން: ވަޒީރު ޝިޔާމް

އާނާ ފަހީމް
636 ދުވަސް ކުރިން - 8 ޑިސެންބަރު 2024 08:38
“ރަހަވަރު" މުބާރާތް އަތޮޅުތަކަށް ގެންދިއުމަށް ވިސްނަން: ވަޒީރު ޝިޔާމް
ޚުލާސާ

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ފުރަތަމަ ފަހަރަށް ބޭއްވި "ރަހަވަރު" ކެއްކުމުގެ މުބާރާތް ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގައި ވެސް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ފުރަތަމަ ފަހަރަށް ބޭއްވި "ރަހަވަރު" ކެއްކުމުގެ މުބާރާތް ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގައި ވެސް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު "ރަހަވަރު" ކެއްކުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ އަންނަ އަހަރު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން މުބާރާތް ބޭއްވުމަށްވެސް ރޭވިފައިވާ ކަމަށެވެ.

"މިއަހަރު ކެއްކުމުގެ މުބާރާތް ޢާންމުންނަށް ހުޅުވާލައިގެން ބޭއްވި ނަމަވެސް، އަންނަ އަަހަރު ސްކޫލް ދަރިވަރުން އަމާޒުކޮށްގެން މުބާރަތް ބޭއްވުމުގެ ވިސްނުންފުޅު ގެންގުޅެން. އަދި ކުރިއަށްއޮތްތަނުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާގޮތަށް، އަތޮޅުތެރޭގެ ރަށްތަކުގައިވެސް ބޭއްވުމުގެ ވިސްނުން ގެންގުޅެން," ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އެކި ބާވަތުގެ ކަނޑު މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް ބާރުއަޅައި، އެކަމަށް ލޯބި ޖެއްސުން ކަމަށެވެ. އަދި މަސްވެރިކަމުން އުފައްދާ ކާނާގެ ބާވަތްތައް އިތުރުކުރުމަކީ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް މުހިންމު ކަމެއްކަންވެސް އެ ވުޒާރާއިން ފާހަގަކުރިން ފާހަގަކުރިއެވެ.

މިއަހަރުގެ މުބާރާތުގައި 7 ޓީމަކުން 35 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މުބާރާތުގައި ކެއްކި ތަކެތި ތައްޔާރުކޮށްފައިވަނީ ފަރުމަހާއި މުށިމަސް ބޭނުންކޮށްގެންނެވެ. މުބާރާތުން 1 ވަނަ ލިބުނީ ފަތްމިނި ކަމަނަ ޓީމަށެވެ. "ޓީމް ފުޑް ބަޑީސް"އަށް ދެވަނަ ލިބިފައިވާއިރު 3 ވަނަ ލިބުނީ "ޓީމް ނޯޑިކް ބައިޓްސް"އަށެވެ.

މީގެއިތުރުން، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތަކެއް ރާވާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

"މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އާރޓް އެގްޒިބިޝަނެއް ވަނީ ބާއްވަން ހަމަޖެހިފައި. އަދި މަސްވެރިންގެ ގުންޒަރާއި މަސްރޭސްވެސް އޮންނާނެ. ޖަލްސާ އޮންނަނީ އަންނަ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި," ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުން އަންނައިރު، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މުބާރާތުގެ 1 ވަނައަށް އައި ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 10،000 ރުފިޔާ ދީފައިވާއިރު ދެވަނައަށް 7،000 ރުފިޔާ އަދި 3 ވަނައަށް 5،000 ރުފިޔާވަނީ ދީފައެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

4 ދުވަސް ކުރިން - 13:19

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

5 ދުވަސް ކުރިން - 17:01

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

5 ދުވަސް ކުރިން - 20:10

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

11 ދުވަސް ކުރިން - 14:38

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

23 ދުވަސް ކުރިން - 11:29

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

53 ދުވަސް ކުރިން - 16:41