Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޓަ ސުކޫލު ވޮލީބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު އަތޮޅަކަށް ފ. އަތޮޅު

އިންޓަ ސުކޫލު ވޮލީބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު އަތޮޅަކަށް ފ. އަތޮޅު

އުސްތާޛް މުޙައްމަދު ޢަލީ
595 ދުވަސް ކުރިން - 7 ޑިސެންބަރު 2024 21:32
އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ފ. އަތޮޅު ޓީމަށް ޓްރޮފީ ޙަވާލުކުރަނީ..
އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ފ. އަތޮޅު ޓީމަށް ޓްރޮފީ ޙަވާލުކުރަނީ..
ޚުލާސާ

14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފާފު އަތޮޅު މަދަރުސާ ހޯދިއިރު، 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޖެހިޖެހިގެން 3 ވަނަ ފަހަރަށް ހޯދައިފި.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ އިންޓަ ސްކޫލު ވޮލީބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު އަތޮޅަކަށް ފ. އަތޮޅު ވެއްޖެއެވެ.

ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 7 އާއި ހަމަޔަށް ކުރިޔަށްދިޔަ ފޯރިގަދަ މުބާރާތުގައި ގިނަ މެޗުތަކެއް ކުޅުނުއިރު، މިއަހަރުގެ މުބާރާތް ކުރިޔަށްދިޔައީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ. ކޮންމެ އުމުރުފުރާއަކުން ވެސް އަންހެން އަދި ފިރިހެން ޑިވިޝަނުގެ ކުޅުން ކުރިޔަށްދިޔަ އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ފާފު އަތޮޅު މަދަރުސާ އެވެ. މީގެ އިތުރުން މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފާފު އަތޮޅު މަދަރުސާ ހޯދިއިރު، 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ފާފު އަތޮޅު ތައުލީމީ މަރުކަޒެވެ. މިއީ އިންޓަސްކޫލް ވޮލީބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެނުންގެ ކެޓަގަރީގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއިން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. އެއާއެކު އެ ޓީމަށް މުބާރާތުގެ މި ޑިވިޝަނުގެ ތަށި ވަނީ މިލްކުވެފައެވެ.

Advertisement

Advertisement 1

މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މަޑިފުށި ސްކޫލް ހޯދިއިރު، 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ކުނބުރުދޫ ސްކޫލެވެ. އަދި ރޭ ކުޅުނު މުބާރާތުގެ އެންމެ ފަހު ފައިނަލް ކަމަށްވާ 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ސީއެޗްއެސްސީ ބަލިކޮށް އިހަވަންދޫ ސްކޫލެވެ.

އިހަވަންދޫ ސްކޫލުން ޗެމްޕިއަންކަން ހޯދި މެޗަށްފަހު މުބާރާތުގެ ތިން ކެޓަގަރީގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ވަނަވަނައަށް ދިޔަ ޓީމުތަކާއި، އަދި ހަ ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން އެންމެ އަންހެން އަދި ފިރިހެން ހަ ކުޅުންތެރިން ހިމެނޭ ޑްރީމް ޓީމެއް ވަނީ ހޮވާފައެވެ.

ވޮލީބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ސޮފްވާނަށް ތުހުމަތުކުރެވޭ ޖިންސީކުށުގެ މައްސަލަ ފުލުހުން ބަލަނީ

194 ދުވަސް ކުރިން - 19:33

ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނަށް އައު މެންބަރުން އައްޔަންކޮށްފި

ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނަށް އައު މެންބަރުން

429 ދުވަސް ކުރިން - 13:59

ވޮލީގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ޖަޕާނުން ރާއްޖެ އަންނަނީ

ވޮލީގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ޖަޕާނުން ރާއްޖެއަށް

432 ދުވަސް ކުރިން - 14:04

އެސް.އެން އާއި އެފް.އީ މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ފިރިހެން ޑިވިޜަނުގެ ފައިނަލަށް

އެސް.އެން އާއި އެފް.އީ ފިރިހެން ޑިވިޜަނުގެ ފައިނަލަށް

465 ދުވަސް ކުރިން - 02:38

މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިރޭ ފަށަނީ

-އެމް.އެން.ޔޫ.އެސް.ޔޫ ވޮލީ މުބާރާތުގެ ސެމީ މިރޭ ފަށަނީ

466 ދުވަސް ކުރިން - 13:15

ފަހުގެ ޗެމްޕިއަން އެމް.އެން.ޔޫ.ބީ.އެސް އަދި އެސް.އެން ގެ ދެޓީމަށް ރަނގަޅު ފެށުމެއް

އެމް.އެން.ޔޫ.ބީ.އެސް އަދި އެސް.އެން ފެށުން ރަނގަޅުކޮށްފި

471 ދުވަސް ކުރިން - 12:13