އެމްޑީޕީން "ޤާނޫނުއަސާސީގެ ދިފާޢުގައި ރައްޔިތުން" ގެ ނަމުގައި މި މަހުގެ 10 ވަނަ ދުވަހު ބާއްވަން އުޅޭ ޖަލްސާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން އިތުރުވެއްޖެއެވެ. ގިނަ ބަޔަކު ބުނަނީ އެމްޑީޕީން މި ޖަލްސާ ބާއްވަނީ މަހުޖަނުންގެ ހިމާޔަތުގައި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ދަތިވެފައިވާ ކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ބަލައިނުގަނެވޭނެ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމެއްގައި ވޭޕް ބޮވޭނެ ގޮތް ހެދޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަނީ އެމްޑީޕީގެ ވެރިކަމުގައި ޤާނޫނުއަސާސީއަށް ފައިން އަރައި ހުރުމަތް ކަނޑާލި ކަމަށެވެ. އަދި ޤާނޫނަށް ބެލުމެއްނެތި ކޮރަޕްޝަނާއި ޖިންސީ ގުޅުން ހިންގި މީހުންނަށްވެސް އެމްޑީޕީން ދިނީ ހިމާޔަތް ކަމަށް ބުނެ ފާޑުކިޔަމުންދެއެވެ.