Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި އިންވެސްޓްކުރުމުގެ ލައިސެންސް ދޫކުރަން ފަށައިފި

ރާއްޖޭގައި އިންވެސްޓްކުރުމުގެ ލައިސެންސް ދޫކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
642 ދުވަސް ކުރިން - 6 ޑިސެންބަރު 2024 11:22
ފޮޓޯ: ވިޒިޓް މޯލްޑިވްސް.
ފޮޓޯ: ވިޒިޓް މޯލްޑިވްސް.
ޚުލާސާ

މި ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރެވޭނީ އިޤްތިޞާދީ ވުޒާރާއިން ދޫކުރާ ފޮރިން އިންވެސްޓްމެންޓް ލައިސަންސް ލިބިގެންކަމަށް ވުޒާރައިން ހާމަކުރި.

އަލަށް ޢަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ލައިސެންސް ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިޤްތިޞާދީ ވުޒާރާއިން ބުނީ މި ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރެވޭނީ އިޤްތިޞާދީ ވުޒާރާއިން ދޫކުރާ ފޮރިން އިންވެސްޓްމެންޓް ލައިސަންސް ލިބިގެން ކަަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާތާ 3 މަސް ދުވަހުގެ ތެރޭގައެވެ. އިންވެސްޓްކުރުމުގެ ޙުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހެނީ އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއަށެވެ.

Advertisement

Advertisement 1

އިންވެސްޓް ކުރުމުގެ ޙުއްދަ ހޯދުމުގެ މަރުޙަލާތަކުގެ ތެރޭގައި ހިމެނެނީ އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމާއި، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ވުޒާރާއިން ދިނުމާއި، އިންވެސްޓްކުރާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ފޮރިން އިންވެސްޓްމެންޓް ލައިސަންސް ވުޒާރާއިން ދޫކުރުމާއި، ފޮރިން އިންވެސްޓަރާއި އިޤްތިޞާދީ ވުޒާރާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމެވެ.

މި އައު ޤާނޫނުގެ މަޤުޞަދަކީ ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް މެދުވެރިކޮށް ފޮރިން ކެޕިޓަލާއި، ޓެކްނޮލޮޖީއާއި ޢިލްމާއި ހުނަރު ގެނައުމަށް ފަހި މާޙައުލެއް އުފައްދައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމަށްޓަކައި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމެވެ.

ސަރުކާރުން ބުނިގޮތުގައި މި ޤާނޫނާއެކު އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު އިތުރުވެ، ބޭންކްތަކުންނާއި މާލީ އިދާރާތަކުން ފައިސާގެ އެހީ ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި މި ޤާނޫނުގެ ސަބަބުން އިންވެސްޓްމަންޓް ޕްރޮޓެކްޝަން ޕްރޮމޯޝަން އެގްރީމަންޓެއް ހެދި، އެ އެގްރީމަންޓް ބަލައިގަތުމުގެ ޖާގަ ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓުރޭޑްއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

8 ދުވަސް ކުރިން - 14:07

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

13 ދުވަސް ކުރިން - 10:22

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

13 ދުވަސް ކުރިން - 22:31

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

23 ދުވަސް ކުރިން - 19:40

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރިޒާވް މަތިކުރަން އެޅި ވަރަށް މުހިންމު ފިޔަވަޅެއް: ސަރުވަޝް

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރިޒާވް މަތިކުރަން އެޅި ވަރަށްމުހިންމު ފިޔަވަޅެއް: ސަރުވަޝް

27 ދުވަސް ކުރިން - 12:40

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

45 ދުވަސް ކުރިން - 12:27