އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޑިވިޜަނުގެ ފައިނަލަށް އ.ދ ކުނބުރުދޫ ސްކޫލް އާއި އ.ދ އަތޮޅު މަދަރުސާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
އިންޓަރ ސްކޫލް ހަތް ވަނަ ވޮލީ ބޯޅަ މުބާރާތުގެ އަތޮޅު ރައުންޑުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުނބުރުދޫއެވެ. ކުނބުރުދޫ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ. ކުނބުރުދޫ ފައިނަލަށް ގޮސްފައިވަނީ ކެޔޮދޫ އާއި ވާދަކޮށް މޮޅުވެގެންނެވެ.
އ.ދ އަތޮޅު މަދަރުސާ ފައިނަލުން ޖާގަ ހޯދާފައިވަނީ ހިރިލަންދޫ ސްކޫލާ ބައްދަލުކޮށްގެނެވެ.
މިދިޔަ އަހަރު އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން ކުނބުރުދޫ ސްކޫލުން ހޯދާފައިވާއިރު، ފައިނަލުގައި ބައްދަލުކޮށްފައިވަނީ ވެސް ހަމަ މި ދެ ޓީމެވެ.