Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުންފަތުން ދުރުވުމަށް ބޭނުންވާ ތަކެތި އާސަންދައިން ލިބޭނެ: ނާޒިމް

ދުންފަތުން ދުރުވުމަށް ބޭނުންވާ ތަކެތި އާސަންދައިން ލިބޭނެ: ނާޒިމް

އައިޝަތު ރުވާ ރިފްޢަތު
643 ދުވަސް ކުރިން - 5 ޑިސެންބަރު 2024 13:06
ވަޒީރު ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ސިއްޙީ ވުޒާރާ
ވަޒީރު ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ސިއްޙީ ވުޒާރާ
ޚުލާސާ

ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް، ގަމް އަދި އެހެނިހެން ފަރުވާތައްވެސް އާސަންދައިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމާއި ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސިއްޙަތާއިބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ސިއްޙަތާއި ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް، ގަމް އަދި އެހެނިހެން ފަރުވާތައް ވެސް އާސަންދައިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް ގާއިމުކޮށްފައިވާ ކަމަށާއި، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ލިބެން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުއިކް ލައިންގެ ނަންބަރަކީ 1676 ކަމަށާއި، މި ނަންބަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

އެގޮތުން، ވަޒީރުންގެ މަޖިލީހުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ސެޒޭޝަންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިން ކަމަށާއި، އަތޮޅުތެރޭގެ 48 ތަނަކުން މި ޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން އެޅުއްވި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ވޭޕް އެތެރެކުރުން، ވިއްކުން އަދި ބޭނުންކުރުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީ(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

155 ދުވަސް ކުރިން - 12:56

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށަށް ފޮނުވަން ފަށައިފި

ބޭސް ކުންފުނިން ރަށްރަށަށް ބޭސް ފޮނުވަން ފަށައިފި

181 ދުވަސް ކުރިން - 12:05

މާޗު މަސް ނިމުމުގެ ކުރިން ރަށްރަށަށް ބޭނުންވާ 34 އެމްބިއުލާންސެއް ހަވާލުކުރާނަން: ނާޒިމް

ރަށްރަށަށް ބޭނުންވާ 34 އެމްބިއުލާންސެއް ހަވާލުކުރަނީ

188 ދުވަސް ކުރިން - 16:51

ރާއްޖޭގައި ޝީޝާ މަނާކުރުމާއި ހަކުރުން ޓެކްސް ނެގުމުގެ މަޝްވަރާތައް ފަށައިފި

ޝީޝާ މަނާކޮށް ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ

188 ދުވަސް ކުރިން - 16:28

ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ތެލަސީމިއާ ޑީއެންއޭ ޓެސްޓް ހެދޭ ލެބޯރެޓަރީއެއް ހުޅުވައިފި

ތެލަސީމިއާ ޑީއެންއޭ ޓެސްޓް ހެދޭ ލެބޯރެޓަރީއެއް ހުޅުވައިފި

213 ދުވަސް ކުރިން - 20:15

އަތޮޅުތެރޭގެ 39 ހޮސްޕިޓަލެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދޭ: މިނިސްޓަރު

"އަތޮޅުތެރޭގެ 39 ހޮސްޕިޓަލެއްގެ މަސައްކަތް ކުރިއަށް އެބަދޭ"

246 ދުވަސް ކުރިން - 23:22

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%