Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި ޝީޝާ މަނާކުރުމާއި ހަކުރުން ޓެކްސް ނެގުމުގެ މަޝްވަރާތައް ފަށައިފި

ރާއްޖޭގައި ޝީޝާ މަނާކުރުމާއި ހަކުރުން ޓެކްސް ނެގުމުގެ މަޝްވަރާތައް ފަށައިފި

މުހައްމަދު ޖަމްޝަތު
188 ދުވަސް ކުރިން - 5 މާޗް 2026 16:28
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް---ފޮޓޯ: ރައީސް އޮފީސް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިސްޓަރު ވިދާޅުވީ ހަކުރު ބާވަތްތަކުން ޓެކްސް ނެގުމާއި ސަބްސިޑީ ކަނޑާލުމަކީ ހަމައެކަނި އެ މިނިސްޓްރީއަށް ނެގޭނެ ނިންމުމެއް ނޫން ކަމަށް

ދިވެހިރާއްޖޭގައި ޝީޝާ މަނާކުރުމާއި، ހަކުރަށް ދެމުންދާ ސަބްސިޑީ ކަނޑާލައި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ޝީޝާ ފަދަ ދުންފަތުގެ ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށެވެ. އެހެންކަމުން، އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދާދިފަހުން ވޭޕްގެ ބާވަތްތައް މަނާކުރުމާއި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ނިންމާފައިވާ ނިންމުމަކީ މި މަސައްކަތުގެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. ޕަބްލިކް ހެލްތު ވިސްނުމަކުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންދާ ނަމަ، ހަކުރުގެ މައްސަލައަށް ވެސް ހައްލު އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކި ލެވެލްގައި އެބަ ކުރެވޭ މަޝްވަރާ. ކިހާ ހިސާބެއްގައި ތޯ މުޅިން ތަންފީޒުވެގެން ދާނީ، އެއީ ކަންނޭނގެ އުފެދޭނެ ސުވާލަކީ. އެންމެ މުހިއްމު ދަނޑިވަޅުގައި، މުހިއްމު ހާލަތުގައި، މުހިއްމު ވަގުތުގައި އެކަންކުރުން ވަރަށް މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ނިންމުންތަކަކީ ހަމައެކަނި ހެލްތު މިނިސްޓްރީއަށް އެކަނި ނިންމޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް، މި ފިޔަވަޅުތައް އެޅޭނެ ދުވަހަކަށް މުޅި ހެލްތު ސެކްޓާ އިން އިންތިޒާރު ކުރަމުންދާ ކަމަށާއި، މިއަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ މިކަންކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ށ. އަތޮޅުގައި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެ

އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ށ. އަތޮޅުގައި ބައްދަލުވުންތަކެއް ބާއްވަނީ

6 ދުވަސް ކުރިން - 16:36

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

59 ދުވަސް ކުރިން - 22:51

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

63 ދުވަސް ކުރިން - 20:10

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

81 ދުވަސް ކުރިން - 15:58

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

100 ދުވަސް ކުރިން - 20:58

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

136 ދުވަސް ކުރިން - 00:52