Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

މުހައްމަދު ޖަމްޝަތު
190 ދުވަސް ކުރިން - 7 އޭޕްރިލް 2026 12:56
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް--- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ ސިއްހީ ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސައިންސްއާއި ޓެކްނޮލޮޖީއަށް ބަރޯސާވެ މިކަމަށް އިތުރަށް އިންވެސްޓްކުރުމަކީ، ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރު ވިދާޅުވި

ރާއްޖޭގެ ސިއްހީ ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސައިންސްއާއި ޓެކްނޮލޮޖީއަށް ބަރޯސާވެ، މި ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ބައްޓަންކުރަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށެވެ. ވަކިން ހާއްސަކޮށް ޕްރައިމަރީ ހެލްތު ކެއާ، ޕްރިވެންޓިވް ކެއާ، އަދި ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ ސައިންޓިފިކް އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުމާއި، ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ޓެލެ މެޑިސިން ފަދަ ޒަމާނީ ހިދުމަތްތަކަކީ ވެސް ސައިންސްގެ އަލީގައި ކުރިއަށްގެންދާ ކަންކަން ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުގެ އިރުޝާދާއި ލަފާ ރާއްޖެއިން އަބަދުވެސް ބަލައިގަންނަކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ޝިއާރުގެ މައިގަނޑު ބޭނުމަކީ ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީ ޒަމާނީ ސައިންސާއި ފަންނީ މައުލޫމާތަށް ބަރޯސާވެގެން ކުރާ ކަންކަމަށް ހެދުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ފަތުރާ ސައްހަ ނޫން މައުލޫމާތުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ކަންކަމާގުޅޭގޮތުން ވަކިން ހާއްސަކޮށް ބަލިބައްޔާއި ބަލި ޖެހުމާއި ބަލި ފެތުރުމާއި އަދި ބަލިތަކުން ފަރުވާ ހޯދުމާގުޅޭގޮތުން ސާބިތުނުހިފޭ ޔޯލަ ވާހަކަދެއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ވެކްސިނާއި ޑަކްޓަރީ ފަރުވާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ފަރުވާއާއި ޚިދުމަތަށް އަދި ސިއްހީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު، ދުވަހެއް ދުވަހަކަށްވުރެ ބޮޑުކުރުމަށް، އަދި ސިއްހީ ނިޒާމު ދުވަހެއް ދުވަހަކަށްވުރެ ތަރައްގީ ކުރުމަށް ސަރުކާރުންދާނީ އަބަދުވެސް މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން، ކުރަންޖެހޭ ދިރާސާތަށްކުރުމާއި، އާ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ހޯދުމާއި، މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާއި ކުރާ ހޭދަ މިދަނީ އިތުރުކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ހިތާބު ނިންމާލައްވަމުން ވިދާޅުވީ، ސައިންސަށް އިތުބާރުކުރުމާއި ސައިންސް ދައްކާ މަގުން ހިނގުމަކީ މުޖުތަމައުގެ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް އޮތް އެންމެ ރަނގަޅު މަގު ކަމަށެވެ.

ސިއްހަތުސިއްހީ ދާއިރާ(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ނަފުސާނީ ދުޅަހެޔޮކަމަށް އޯގާތެރި މާހައުލެއް ބޭނުންވޭ: ވަޒީރު ގީލާ

ނަފުސާނީ ދުޅަހެޔޮކަމަށް އޯގާތެރި މާހައުލެއް ބޭނުންވޭ: ވަޒީރު ގީލާ

4 ދުވަސް ކުރިން - 14:38

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

9 ދުވަސް ކުރިން - 16:24

"ސިކް ލީވް" ނަގާއިރު ކުށްވެރިވާހެން ހީވަނީ އޮފީހުގެ މާހައުލުންތަ؟

"ސިކް ލީވް" ނަގާއިރު ކުށްވެރިވާހެން ހީވަނީ އޮފީހުގެ މާހައުލުންތަ؟

26 ދުވަސް ކުރިން - 15:11

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

28 ދުވަސް ކުރިން - 15:39

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯ ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯ ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

33 ދުވަސް ކުރިން - 23:16

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

35 ދުވަސް ކުރިން - 14:59