Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އަތޮޅުތެރޭގެ 39 ހޮސްޕިޓަލެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދޭ: މިނިސްޓަރު

އައިޝަތު ރުވާ ރިފްޢަތު
295 ދުވަސް ކުރިން - 5 ޖެނުއަރީ 2026 23:22
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ ނާޒިމް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ ނާޒިމް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މުޅިން އަލަށް 19 ސިއްހީ މަރުކަޒު ގާއިމްކުރުމާއި، އެކްސްޓެންޝަން އަދި އަޕްގްރޭޑް ކުރުމުގެ 89 މަޝްރޫއަކާއެކު ޖުމްލަ 147 މަޝްރޫއެއް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި.

އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫއުތަކުގެ ދަށުން އެކި މަރުހަލާތަކުގައި 39 ހޮސްޕިޓަލެއްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ފާހަގަވި ކަންކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީ ވަރަށް ބޮޑަށް ވީރާނާވެފައިވާ ކަމަށެވެ. އަދި ބައެއް ތަންތަނަކީ ޖާގަ ކުޑަވުމުގެ ސަބަބުންނާއި އިމާރާތްތައް ބާވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުދެވޭ ވަރަށް ހާލަތު ގޯސްވެފައިވާ ތަންތަން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެކި މަރުހަލާތަކުގައި 39 ހޮސްޕިޓަލެއްގެ މަސައްކަތް އެބަ ކުރިއަށްދޭ. އެގޮތުން ބައެއް ތަންތަނަކީ މިހާރު ހޮސްޕިޓަލް ހުރި ތަންތަން އަޕްގްރޭޑް ކުރުން. އަނެއްބައި ތަންތަނަކީ މިހާރު ހޮސްޕިޓަލް ހުރި ތަންތަނުގެ ޖާގަ ނެތުމުގެ ސަބަބުން މުޅިން އާ އިމާރާތެއްގައި ހޮސްޕިޓަލް ގާއިމްކުރާ ތަންތަން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޅިން އަލަށް 19 ސިއްހީ މަރުކަޒު ގާއިމްކުރުމާއި، އެކްސްޓެންޝަން އަދި އަޕްގްރޭޑް ކުރުމުގެ 89 މަޝްރޫއަކާއެކު ޖުމްލަ 147 މަޝްރޫއެއް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ކުރިއަށް ރޭވިފައިވާ 22 ޕްރޮޖެކްޓެއްގެ ތެރޭގައި މުޅިން އަލަށް އިމާރާތްކުރާ 8 ހޮސްޕިޓަލަކާއި 5 ސިއްހީ މަރުކަޒުގެ އިތުރުން 9 އަޕްގްރޭޑިން މަޝްރޫއެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރުވެސް މިފަދަ 12 މަޝްރޫއެއްގެ މަސައްކަތް މުޅިން ނިމިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުތަކަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާއަށް ނުކުރެވޭހާ ބޮޑު ހޭދައެއް ކުރެވިގެންދާނެ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ގާތުން ފޯރުކޮށްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމްސިއްހަތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

12 ދުވަސް ކުރިން - 13:53

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

23 ދުވަސް ކުރިން - 16:24

"ސިކް ލީވް" ނަގާއިރު ކުށްވެރިވާހެން ހީވަނީ އޮފީހުގެ މާހައުލުންތަ؟

40 ދުވަސް ކުރިން - 15:11

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

42 ދުވަސް ކުރިން - 15:39

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯ ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯ ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

47 ދުވަސް ކުރިން - 23:16

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

49 ދުވަސް ކުރިން - 14:59