Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާޗު މަސް ނިމުމުގެ ކުރިން ރަށްރަށަށް ބޭނުންވާ 34 އެމްބިއުލާންސެއް ހަވާލުކުރާނަން: ނާޒިމް

މާޗު މަސް ނިމުމުގެ ކުރިން ރަށްރަށަށް ބޭނުންވާ 34 އެމްބިއުލާންސެއް ހަވާލުކުރާނަން: ނާޒިމް

އައިޝަތު ރުވާ ރިފްޢަތު
188 ދުވަސް ކުރިން - 5 މާޗް 2026 16:51
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުރިއަށް އޮތް ހަފްތާގައި 14 އެމްބިއުލާންސް އަދި މި މަހުގެ ފަހުކޮޅު އިތުރު 17 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި.

މި ހިނގާ މާޗު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ އިތުރު 34 އެމްބިއުލާންސެއް ހަވާލުކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 170 އިންފްރާސްޓްރަކްޗާ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އެގޮތުން ވަރަށް ގިނަ ހެލްތު ސެންޓަރުތައް މަރާމާތަށް ބޭނުންވެފައި ހުރިއިރު، ބަލިމީހުން ބާއްވާ އެދުތަކާއި ބޭނުންކުރާ އިކުއިޕްމަންޓުތައް ވެސް ހުރީ އަޅާނުލުމުގެ ސަބަބުން ހަލާކުވެ ވީރާނާވެފަ އެވެ. އަދި ހާއްސަކޮށް ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައް ހަލާކުވެ، ހިދުމަތް ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން، މިދިޔަ ފެބުރުވަރީ މަހު އެކަނިވެސް 56 އެމްބިއުލާންސް ރަށްރަށަށް ވަނީ ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ހަފްތާގައި 14 އެމްބިއުލާންސް އަދި މި މަހުގެ ފަހުކޮޅު އިތުރު 17 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ސިޓީތަކަށް އަމާޒުކޮށްގެން ގެންނަ "ޕެރެމެޑިކް" އެމްބިއުލާންސްތައް ލިބޭނެ ކަމަށެވެ. މިއީ ތަންކޮޅެއް ކުދި ރަށްތަކަށްވުރެ ބޮޑެތި ރަށްރަށުގައި ބޭނުންކުރުމަށް ހާއްސަކޮށްގެން ގެންނަ ބޮޑެތި އެމްބިއުލާންސްތަކެކެވެ.

"ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ހެލްތު ސެކްޓާގެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ހެލްތު ސެކްޓާގެ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް ހަމަކުރުމާއި، އަދި ހާއްސަކޮށް އެމްބިއުލާންސްގެ ކަންތަކުގައި މި ސަރުކާރުން ސިޔާސަތުތައް އެކުލަވާލައި ބަޖެޓު އެއަށް ދެއްވައި އެކަންތައް ތަންފީޒުކުރައްވަމުން ގެންދަވާ މަންޒަރު މިހާރު ތި ފެންނަނީ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މި މަސައްކަތްތަކާއެކު ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ވަސީލަތްތަކުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.

(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމްމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާސިއްހީ ދާއިރާސިއްހަތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓައިޕްކުރުމާއި ލިޔުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމުން އަތްތިލައިގެ ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް!

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

1 ދުވަސް ކުރިން - 14:59

ށ. އަތޮޅުގައި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެ

އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ށ. އަތޮޅުގައި ބައްދަލުވުންތަކެއް ބާއްވަނީ

6 ދުވަސް ކުރިން - 16:36

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

22 ދުވަސް ކުރިން - 17:37

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

30 ދުވަސް ކުރިން - 10:22

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

59 ދުވަސް ކުރިން - 22:51