Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖެ ސަރަޙައްދުގައި ބޭރުގެ އުޅަނދުތަކުން ހުއްދަނެތި ބަންކަރިންގެ ޚިދުމަތް ދިނުން ހުއްޓުވަން ޖެހޭ - ޝިމާދު

ރާއްޖެ ސަރަޙައްދުގައި ބޭރުގެ އުޅަނދުތަކުން ހުއްދަނެތި ބަންކަރިންގެ ޚިދުމަތް ދިނުން ހުއްޓުވަން ޖެހޭ - ޝިމާދު

ހުސައިން އިސްމާއިލް
553 ދުވަސް ކުރިން - 5 ޑިސެންބަރު 2024 02:31
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް - ރާއްޖެ ސަރަޙައްދުގައި ހުއްދަ ނެތި ބޭރުގެ ބޯޓުފަހަރުތަކުން ބަންކަރިންގ ޚިދުމަތް ދެމުންދާތީ ޝިމާދު ކަންބޮޑުވޭ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް - ރާއްޖެ ސަރަޙައްދުގައި ހުއްދަ ނެތި ބޭރުގެ ބޯޓުފަހަރުތަކުން ބަންކަރިންގ ޚިދުމަތް ދެމުންދާތީ ޝިމާދު ކަންބޮޑުވޭ.
ޚުލާސާ

އުޅަނދުތަކުން "ޝިޕް-ޓު-ޝިޕް ޓްރާންސްފަރ"ގެ ނަމުގައި ރާއްޖެ ސަރަޙައްދުގައި ބޭރުގެ ބޯޓުފަހަރުތަކުން ތެޔޮ ވިއްކުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމަށާއި އެކަމުގައި މަޝްވަރާ ކުރަމުންދާ ކަމަށް ޝިމާދު ވިދާޅުވި.

ބޭރުގެ އުޅަނދުތަކުން ހުއްދަނެތި ރާއްޖޭގެ ސަރަޙައްދުގައި ތެޔޮ ވިއްކުމަކީ ބަންކަރިންގ ޚިދުމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެކަން ހުއްޓުވަން ޖެހޭ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމިއްލަ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޝިމާދު ވިދާޅުވީ ބޭރުގެ އުޅަނދުތަކުން "ޝިޕް-ޓު-ޝިޕް ޓްރާންސްފަރ" ގެ ނަމުގައި ހުއްދަނެތި ރާއްޖޭގެ ސަރަޙައްދުގައި ތެޔޮ ވިއްކާ ކަމަށާއި މިކަމުގެ ސަބަބުން ބަންކަރިންގ ޚިދުމަތަށް އިންވެސްޓްކޮށްފައިވާ ދިވެހި ކުންފުނިތަކަށް ގެއްލުންވަމުންދާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ބަންކަރިން އެންމެ ބޮޑު ޗެލެންޖަކީ ޝިޕްޓުޝިޕް ޓްރާންސްފާގެ ނަމުގައި ހަމަ ބަންކަރިން އެބަ ޖައްސާ އެހެން ބޭރުގެ ވެސެލްތަކުން މި ތަނަށް އައިސްލާފައި ހުއްދަ ނެތި. ތެޔޮކޮޅު ވިއްކާލާފައި އެ މީހުން ދަނީ، ރާއްޖޭގައި ފްރީ ވަކި މުއްދަތެއްގައި ތިބެވޭތީ. އަނެއްހެން ގްރޭ އޭރިޔާ ވީމާ މި އިންނަ ލޫޕްހޯލް މިކަން ކުރަނީ. މިކަން ގާނޫނާ ގަވައިދު ތެރެއިން ހުއްޓުވާލަން ޖެހޭ،" ޝިމާދު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި މައްސަލަ ޙައްލުކުރުމަށް ކަސްޓަމްސް، އިކޮނޮމިކް މިނިސްޓްރީ އަދި ޓްރާންސްޕޯޓް އޮތޯރިޓީއާއެކު މަޝްވަރާކުރަމުންދާ ކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި މިކަމަށް ޙައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެސްޓީއޯގެ އެމްޑީ ވިދާޅުވިއެވެ.

ޝިމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭރުގެ އުޅަނދުތަކުން ގެންނަ ތެލަކީ އެންމެ ރަނގަޅު ފެންވަރުގެ ތެޔޮކަން ޔަޤީން ނުކުރެވޭ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ދޭ ބަންކަރިންގ ޚިދުމަތާއިމެދު ޝިޕިންގ ލައިންތަކުގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންކަރިންގ ސިނާޢަތުގެ މުސްތަޤުބަލާއި ގުޅޭގޮތުން އެކްސްގައި ޝިމާދު ވިދާޅުވީ، "ކޮންމެ އިންވެސްޓްމެންޓެއްގައިވެސް ލައިފްސައިކަލެއް އޮންނާނެ. އަޅުގަނޑުމެން މިތިބީ އެންމެ ފުރަތަމަ މަރުހަލާގައި. ރާއްޖެ އޮތް ތަނުގެ ގޮތުން މިކަން ތަރައްޤީވެ ކުރިޔަށްދާއިރު މިއީ ވަރަށް މުހިންމު ސިނާޢަތަކަށް ވެގެންދާނެ"

ޝިމާދު ވިދާޅުވީ ބަންކަރިންގ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސްޓޯރޭޖް ފެސިލިޓީއަކާއެކު ބޮޑެތި އުޅަނދުފަހަރަށް ކައިރިކުރެވޭ ބަނދަރެއް ހެދުމުގެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މަޝްރޫޢަކީ ބޯޓުފަހަރުން މީހުން ބަނދަރަށް ފައިބައި، އެމީހުންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތަކާއިއެކު ތަރައްޤީކުރާ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ މަޝްހޫރު ފަންޑަކާ އެއްކޮށް ފުރޭމްވޯކް އެގްމަންޓެއްގައި ވަނީ ސޮއިކޮށްފައި އެ މަޝްރޫއު ހިންގަން. އެ އެގްރިމަންޓުގެ ދަށުން އަޅުގަނޑުމެން ރަސްމީ އެގްރީމަންޓެއް އިރާދަކުރެއްވިއްޔާ ހަ މަސް ތެރޭ ދާން އޮންނަނީ. އެޔަށްވުރެ އަވަހަށް ދެވޭތޯ މިހާރު މަސައްކަތް މި ކުރަނީ،" ޝިމާދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ޑިޒައިނިންގ އަދި ފީސިބިލިޓީ ދިރާސާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ދެން އޮތީ ކޮންޓްރެކްޓް އެވޯޑްކުރުމުގެ މަރުޙަލާ ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ބަންކަރިންގ ޚިދުމަތް މިހާރަށްވުރެ އެތައް ގުނައެއް ރަނގަޅުވެ، ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ޢަދަދު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއެސްޓީއޯބަންކަރިންރައީސުލްޖުމްހޫރިއްޔާގެ އޮފީސްޝިމާދު އިބްރާހިމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

2 ދުވަސް ކުރިން - 15:59

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

3 ދުވަސް ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

3 ދުވަސް ކުރިން - 11:49

މައުލޫމާތު ހާމަކުރުމުގައި 100 އިންސައްތަ ކާމިޔާބީއެއް ހޯދުމަކީ ދެފުށް ފެންނަ ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

މިއީ ދެފުށް ފެންނަ ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

3 ދުވަސް ކުރިން - 11:43

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

5 ދުވަސް ކުރިން - 02:59