Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްރާންސްގެ އައިއެލްޓީއެމް ކާންސްގައި ރާއްޖެ އިޝްތިހާރުކުރަނީ

ފްރާންސްގެ އައިއެލްޓީއެމް ކާންސްގައި ރާއްޖެ އިޝްތިހާރުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
644 ދުވަސް ކުރިން - 4 ޑިސެންބަރު 2024 12:52
އައިއެލްޓީއެމް ކާންސްގައި ރާއްޖެ އިޝްތިހާރުކުރަނީ/ ފޮޓޯ: އެމްއެމްޕީއާރުސީ
އައިއެލްޓީއެމް ކާންސްގައި ރާއްޖެ އިޝްތިހާރުކުރަނީ/ ފޮޓޯ: އެމްއެމްޕީއާރުސީ
ޚުލާސާ

މި ހަރަކާތުގެ ސަބަބުން ބައިނަލްއަޤްވާމީ މާކެޓްތަކުގެ ތެރެއިން ފްރާންސްގެ އިތުރުން އެހެން މާކެޓްތަކުގެ ލަގްޒަރީ ޓްރެވަލް ޓްރޭޑް މެންބަރުންނާއި ބައްދަލުކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބޭނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރި.

ފްރާންސްގައި ކުރިއަށްދާ އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް) ކާންސް 2024 ގައި ދިވެހިރާއްޖެ ބައިވެރިވެ، ރާއްޖޭގެ މަތީފަންތީގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ފަށައިފިއެވެ. މި ހަރަކާތް ކުރިއަށްދަނީ މިމަހުގެ 2-5 އަށް ފްރާންސްގައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި، މި ހަރަކާތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 67 ކުންފުންޏެއްގެ 12 މަންދޫބުން ބައިވެރިވެ، އެ ކުންފުނިތަކުގެ ތަފާތު މަތީފަންތީގެ އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރު ކުރާނެއެވެ.

އައިއެލްޓީއެމް ކާންސް 2024 އަކީ ފްރާންސްގައި ބާއްވާ ޓްރެވަލް ޓްރޭޑް ފެއަރތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު އެއް ލަގްޒަރީ ޓްރެވަލް ފެއަރއެވެ. އެމްއެމްޕީއާރުސީން ބުނީ، މި ހަރަކާތުގެ ސަބަބުން ބައިނަލްއަޤްވާމީ މާކެޓްތަކުގެ ތެރެއިން ފްރާންސްގެ އިތުރުން އެހެން މާކެޓްތަކުގެ ލަގްޒަރީ ޓްރެވަލް ޓްރޭޑް މެންބަރުންނާއި ބައްދަލުކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.

Advertisement

Advertisement 1

މި ފެއަރގައި ވިޔަފާރީގެ ބައްދަލުވުންތަކާއި، ތަޢުލީމީ ސެޝަންތަކާއި، ނެޓްވޯކިންގ އިވެންޓްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަން ވަރުގަދަކުރުން ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.

އެމްއެމްޕީއާރުސީން އިތުރަށް ބުނި ގޮތުގައި، އައިއެލްޓީއެމް ކާންސް 2024 ގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ސިފަތަކާއި އެކުގައެވެ. މި ސްޓޭންޑްގައި ދިވެހިރާއްޖޭގެ ރިސޯޓްތަކާއި ލިވަބޯޑްތަކުގެ އިތުރުން، ރާއްޖޭގެ ޔުނީކް ޖިއޮގްރަފީ ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ އުފެއްދުންތަކާއި ތަޖުރިބާތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

14 ދުވަސް ކުރިން - 22:40

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

15 ދުވަސް ކުރިން - 11:16

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

122 ދުވަސް ކުރިން - 17:52

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

135 ދުވަސް ކުރިން - 21:51

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, އަޑުއެހުން ކެންސަލްކޮށް ކޯޓުގެ އިންޒާރެއް!

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, ކޯޓުގެ އިންޒާރެއް!

317 ދުވަސް ކުރިން - 19:22

އެމްއެމްޕީއާރުސީ އާއި ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ދެނެގަނެ ފިޔަވަޅު އަޅަން ފަށަނީ

އެމްއެމްޕީއާރުސީ، ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ހޯދަނީ

341 ދުވަސް ކުރިން - 14:03

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%