Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާ ސަރުކާރުން ކ. ގުރައިދޫއަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ކ. ގުރައިދޫއަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފި

އާނާ ފަހީމް
644 ދުވަސް ކުރިން - 4 ޑިސެންބަރު 2024 09:08
ޗައިނާ ސަރުކާރުން ކ.ގުރައިދޫއަށް 100 ސޯލާ މަގުބައްތި ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޗައިނާ ސަރުކާރުން ކ.ގުރައިދޫއަށް 100 ސޯލާ މަގުބައްތި ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޚުލާސާ

ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް ކ. ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި އިއްޔެ ހަދިޔާކޮށްފި. ޗައިނާ ސަރުކާރުގެ ފަރާތުން މަގުބައްތިތައް ޙަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިން.

ޗައިނާ ސަރުކާރުން ކ. ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މަގުބައްތިތައް ޙަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ރަމްޒީ ގޮތުން ޙަވާލުވެވަޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި މި މަގުބައްތިތަކަކީ، ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް އެ ރަށަށް ދެއްވި ހަދިޔާއެކެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވާންގ ލިޒިން ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތީ ޒަމާންވީ ގުޅުމެއް ކަމަށާއި، ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހީންނަށް ބޭނުންވާ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއިބެހޭ ވުޒާރާގެ ނައިބު، އަލްއުސްތާޛް މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ކައުންސިލްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށެވެ..

ޗައިނާއިން ގުރައިދޫ ކައުންސިލަށް ހަދިޔާކުރި މަގުބައްތިތައް މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޗައިނާ އެމްބަސީން ވިދާޅުވިއެވެ. މިގޮތުން މި މަހު ފަހުކޮޅު ނުވަތަ އަންނަ ޖެނުއަރީގެ ކުރީކޮޅު މި މަގުބައްތި ޝިޕްމަންޓް ރާއްޖެއަށް އަންނާނެ ކަމަށް އެމްބަސީން ވިދާޅުވެއެވެ.

ޗައިނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

9 ދުވަސް ކުރިން - 08:59

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

12 ދުވަސް ކުރިން - 12:31

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

41 ދުވަސް ކުރިން - 09:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

54 ދުވަސް ކުރިން - 16:01

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

59 ދުވަސް ކުރިން - 23:28