އަތޮޅުތެރޭގައި ހިންގާ ސަރުކާރުގެ އިދާރާތަކުން ކަރަންޓު ބިލްތަކަށް 400 މިލިއަން ރުފިޔާ ފެނަކައަށް ނުލިބި އޮތް ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން އާންމުކުރި މާލީ ހުރި މާލީ ހިސާބުތައް ދައްކާ ގޮތުން:
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަރަންޓު ބިލްތަކަށް 178 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
- ސަރުކާރުގެ އިދާރާތަކުން 222 މިލިއަން ރުފިޔާ ލިބެން ޖެހެއެވެ.
- މިދިޔަ އެއް މަހަށް އެކަނި ބަލާއިރު ވެސް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން 47 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
- އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަރަންޓު ބިލްތަކަށް 178 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
- ވޭތުވެދިޔަ އެއް އަހަރު ތެރޭގައި 75 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ކައުންސިލް އިދާރާތަކާއި ކޯޓުތަކާއި ހެލްތު ސެންޓަރުތައް ވެސް ހިމެނެއެވެ.
އެހެންނަމަވެސް، ފެނަކައިން އަމިއްލަ ކުންފުނިތަކަށް 3.7 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އޭގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތަކުގެ އަދަދު 2.1 ބިލިއަން ރުފިޔާއަށް އަރައެވެ.
މިސަރުކާރުން ފެނަކައާއި ޙަވާލުވިއިރު އެ ކުންފުނި އޮތީ ގާތްގަނޑަކަށް ބަނގުރޫޓްވާ ހިސާބުގައި ކަމަށް ވިޔަސް، ކުންފުނީގެ ހިންގުމަށް ގެނައި ބޮޑެތި ބަދަލު ތަކުގެ ސަބަބުނަ ޙާލަތު ދަނީ ރަނގަޅުވަމުން ކަމަށް މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. މިދިޔަ ޖުލައި މަސްތެރެގައި ވެސް ފެނަކައިން އެކިނކުންފުނި ތަކަށް ނުދީ އޮތް 300 މިލިއަން ރުފިޔާ ވެސް ދައްކައި ޚަލާޞް ކުރި ކަމަށް މުއާޒް ފާހަގަ ކުރައްވައެވެ.









