ބްރޯޑްކާސްޓް ކުރާއިރު ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކޮށްފިއެވެ.
ބްރޯޑްކޮމުން މިއަދު ބުނީ ބްރޯޑްކާސްޓްކުރާ ބައެއް ޗެނަލްތަކުން ގެނެސްދޭ ބައެއް ކޮންޓެންޓް ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ..
މިޑިއާތަކުން ސަމާލުވާން ޖެހޭ މައިގަނޑު ނުކުތާތައް::
1. ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުން
2. ޢާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭގޮތަށް މަސައްކަތްކުރުން
3. ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުން
4. ބްރޯޑްކާސްޓް ކުރުމުގެ ޤާނުނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާއި އެއްގޮތަށް ޢަމަލުކުރުން.
37 ވަނަ މާއްދާ ނުވަތަ ކޯޑް އޮފް ޕްރެކްޓިސްގައި ހިމެނޭ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި:
- ވަކި ފަރާތަކަށް ބުރަނުވެ ހަމަހަމަކަމާއެކު ތެދު މަޢުލޫމާތު ފެތުރުން
- ކުޑަކުދިންގެ ކަރާމަތާއި ޙައްޤުތައް ރައްކާތެރިކުރުން
- އެއްވެސް ފަރާތެއްގެ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް ނާންނާނެހެން މަސައްކަތްކުރުން
- ނަސްލީ، ޖިންސީ އަދި ޢުމުރުފުރައިގެ ތަފާތުކުރުމެއް ނެތި ހުރިހާ ފަރާތްތަކަށް އިޙްތިރާމްކުރުން
- ފެންވަރު ރަނގަޅު މަންޒަރާއި އަޑު ބޭނުންކުރުން
ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ބައެއް ފަރާތްތަކުގެ އަބުރާއިބެހި ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރުތައް ގެނެސްދޭތީވެ ބައެއް މީޑިއާތަކަށް މީގެ ކުރިން ފިޔަވަޅު އަޅައިފައި ވާކަން ފާހަގަ ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގައި އެންމެ ފުޅަކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް އިސްލާމް ދީނާއި އަދި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ނުވާ ގޮތެއްގެ މަތީންނެވެ.









