Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ދިވެހިންނަށް ޚާއްޞަ ފުރުޞަތުތަކެއް ހޯދަނީ

ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ދިވެހިންނަށް ޚާއްޞަ ފުރުޞަތުތަކެއް ހޯދަނީ

އާނާ ފަހީމް
643 ދުވަސް ކުރިން - 1 ޑިސެންބަރު 2024 13:19
ޓޮޕް ޓެން ޖަލްސާ
ޓޮޕް ޓެން ޖަލްސާ
ޚުލާސާ

އޮކްސްފޯޑް، ހާވާޑް އަދި ކެމްބްރިޖް ފަދަ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެފި.

ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއިން ގެނެސްދޭ "52 ހަފްތާ" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، ރާއްޖޭގައި ދެވޭ އެންމެ މަތީ ފަންތީގެ ސްކޮލަރޝިޕަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ކަމަށާއި، މިއަހަރު މި ސްކޮލަރޝިޕް 19 ދަރިވަރަކަށް ދީފައިވާ ކަމަށެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަކީ ބޭރުގެ ޔުނިވަރސިޓީއަކުން އަދި ބޭނުން ދާއިރާއަކުން ކިޔަވަން ލިބޭ ފުރުޞަތަކަށްވާއިރު، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތަކަށް ވަންނަން ދަރިވަރުންނަށް ބައެއްފަހަރު ދަތިތައް ދިމާވާ ކަމަށެވެ. އެހެންކަމުން އެފަދަ ޔުނިވަރސިޓީތަކުން ދިވެހިންނަށް ޖާގަ ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އޮކްސްފޯޑާއި ހާވާޑާއި ކެމްބްރިޖް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދިވެހިންނަށް ކޮންމެ ޔުނިވަރސިޓީއަކުން ވެސް 1 ނުވަތަ 2 ޖާގަ ކަށަވަރުކުރެވޭތޯ. މި ޔުނިވަރސިޓީތަކުން ޖާގަތަކަކީ ކުރިން ކަނޑައެޅިފައި ހުންނަ އެއްޗެއް ނޫން. އެހެންނަމަވެސް ޖާގަތައް ކުރިން ކަނޑައެޅި ދިވެހިންނަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ދަނީ މަތީ ތަޢުލީމު ޙާސިލްކުރުމަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. އަދި ލޯނުގެ އެހީތައް ވެސް ދަނީ ދެމުންނެވެ. މަތީ ތަޢުލީމާބެހޭ ވުޒާރާގެ އެކި ފުރުޞަތުތަކުގައި މިހާރު 2249 ދިވެހިން ރާއްޖެއިން ބޭރުގައި ދަނީ މަތީ ތަޢުލީމު ޙާސިލްކުރަމުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

144 ދުވަސް ކުރިން - 19:47

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

157 ދުވަސް ކުރިން - 18:40

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

158 ދުވަސް ކުރިން - 19:43

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކޮށްފި

158 ދުވަސް ކުރިން - 09:42

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

158 ދުވަސް ކުރިން - 22:29

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

185 ދުވަސް ކުރިން - 13:00