ލުބުނާނާއެކު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާއި ޚިލާފު ނުވުމަށް އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޤްރު ޤާލިބާފް އިސްރާއީލަށް އިންޒާރު ދީފިއެވެ.
އިސްރާއީލުން ތަކުރާރުކޮށް ލުބުނާނުގެ ތަންތަނަށް ކުދިކުދި ޙަމަލާދޭ ކަމަށް ޤާލިބާފް ވަނީ އެގޮތަސް އެކަން ނުކުރުމްށް އިލްތިމާސް ކުރައްވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން ދެން ޢަމަލު ކުރާގޮތެއްގެ މައްޗަށް ބިނާކޮށް އީރާނުގެ ޤާނޫނު ހަދާ މަޖިލީހުން އިސްރާއިލާއި ދެކޮޅަށް އެކްޝަނެއް ނަގައިފާނެ އެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގައި އީރާނުން ރަސްމީކޮށް ނުވަދެއެވެ. ނަމްވެސް، ހަނގުރަމަތަކުގައި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް އީރާނުން އެކި ސިފަސިފައިގައި އެހީތެރިވެއެވެ.
އެމެރިކާ އާއި ފްރާންސްގެ ބްރޯކަރެއްގެ ދަށުން ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމަށް ބުދަ ދުވަހު އަމަލުކުރަން ފެށީ 14 މަސް ދުވަހުގެ ހަމަނުޖެހުންތަކެއްގައި 3،961 އަށް ވުރެ ގިނަ މީހުން މަރުވެ 16،520 އަށް ވުރެ ގިނަ މީހުން ޒަހަމްވި ފަހުންނެވެ. ހަމަނުޖެހުން ހުއްޓާލި ނަމަވެސް، އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެކުނުގެ އަވަށެއް ކަމަށްވާ މަޖްދާލް ޒޫންގައި އާންމުންގެ ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.








