Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޫގަލް މެޕްސް ބަލައިގެން ދަނިކޮށް ބްރިޖަކުން ވެއްޓި 6 މީހަކު މަރުވެއްޖެ

ގޫގަލް މެޕްސް ބަލައިގެން ދަނިކޮށް ބްރިޖަކުން ވެއްޓި 6 މީހަކު މަރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
640 ދުވަސް ކުރިން - 30 ނޮވެންބަރު 2024 12:41
ގޫގަލް މެޕްސް ބަލައިގެން ދަނިކޮށް ބްރިޖަކުން ވެއްޓި 6 މީހަކު މަރުވެއްޖެ
ޚުލާސާ

މި ދަތުރުގައި ބައިވެރިވި މީހުން ދަތުރުކޮށްފައިވަނީ ގޫގުލް މެޕްސްއިން ދެއްކި މަގުންނެވެ. ނަމަވެސް އެ މަގަކީ ބްރިޖެއް ނެތް، ކުރިން ބޭނުންކުރަމުން އައި މަގެއްކަމަށް ފުލުހުން ހާމަކުރި.

އިންޑިއާގެ ގުޖަރާތު ސްޓޭޓުގައި ދާދިފަހުން ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ހަ މީހަކު މަރުވެ، އެކަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގީ މިމަހުގެ 15 ވަނަ ދުވަހު، މުންބާއީން ގުޖަރާތުގެ ދޭހަރަދޫން އަށް ދަތުރުކުރަމުންދިޔަ ކާރެއް ބްރިޖެއްގެ ކައިރިން ކޯރަކަށް ވެއްޓިގެންނެވެ.

އިންޑިއާގެ ފުލުހުން ބުނިގޮތުގައި، މި ދަތުރުގައި ބައިވެރިވި މީހުން ދަތުރުކޮށްފައިވަނީ ގޫގުލް މެޕްސްއިން ދެއްކި މަގުންނެވެ. ނަމަވެސް އެ މަގަކީ ބްރިޖެއް ނެތް، ކުރިން ބޭނުންކުރަމުން އައި މަގެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި އަހަރުގެ ކުރީކޮޅު ފެންބޮޑުވުމުގެ ސަބަބުން މި ބްރިޖުގެ ބައެއް ވަނީ ވެއްޓިފައިކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި ހާދިސާއާއި ގުޅިގެން ގިނަ ބަޔަކު ވަނީ ގޫގުލް މެޕްގެ ޞައްޙަކަމާއި މެދު ސުވާލު އުފައްދާފައެވެ. އަދި މިފަދަ އެޕްލިކޭޝަންތަކުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައި ވެއެވެ. ގޫގުލްއިން މި މައްސަލައާއި ގުޅޭގޮތުން ބަޔާނެއް ނެރެ ބުނެފައިވަނީ، މި ހާދިސާއާއި ގުޅޭ ތަޙުޤީޤުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ގޫގުލް މެޕްގެ މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

Advertisement

Advertisement 1

މި ހާދިސާގައި ހިމެނޭ 7 މީހުންނަކީ އެ ސަރަޙައްދުގެ ބަޔަކަށް ނުވާތީ، ބްރިޖު ހަލާކުވެފައިވާކަން އެމީހުންނަށް ނޭނގޭ ކަމަށް ބުންޏެވެ. މީގެ އިތުރުން ބްރިޖު ހަލާކުވެފައި ވާކަން އަންގައިދޭ އެއްވެސް ބޯޑެއް ވެސް ނެތްކަން ފާހަގަ ކުރެވެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ފުލުހުން މިހާރު އަންނަނީ ތަހުގީގެއް ކުރިއަށް ގެންދަމުންނެވެ.

އިންޑިއާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

10 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

10 ދުވަސް ކުރިން - 10:25

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

32 ދުވަސް ކުރިން - 13:43

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

38 ދުވަސް ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

39 ދުވަސް ކުރިން - 16:07

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

41 ދުވަސް ކުރިން - 13:43

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%