Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނާއި އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނާއި އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައިފި

މުޙައްމަދު ޛިހާން ޒުބައިރު
649 ދުވަސް ކުރިން - 29 ނޮވެންބަރު 2024 21:35
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނާއި އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައިފި
ޚުލާސާ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައިފި. އިސްލާމާބާދުގައި ހިނގި މުޒާހަރާތަކާއި ގުޅިގެން އިމްރާންޚާންގެ ޕާޓީގެ ގިނަ މެންބަރުންގެ މައްޗަށް ދަޢުވާ އުފުލާފައިވޭ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައިފިއެވެ. މި ދަޢުވާ އުފުލާފައިވަނީ ފާއިތުވި ހަފުތާގައި އިސްލާމާބާދުގައި ހިނގި މުޒާހަރާތަކާއި ގުޅިގެންނެވެ.

ޕާކިސްތާން ސަރުކާރުން ހާމަކުރި ގޮތުގައި، ޢިމްރާން ޚާނާއި ބުޝްރާ ބީބީގެ އިތުރުން ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީޓީއައި) ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށްވެސް ދަޢުވާ އުފުލާފައިވެއެވެ. މި ދަޢުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އިތުރުން، ވެރިރަށުގައި މުޒާހަރާކުރުން މަނާކުރާ ޤާނޫނާއި ޚިލާފުވުމާއި، ފުލުހުންނަށް ހަމަލާދިނުމާއި، މީހުން ވަގަށްނެގުމާއި، ސަރުކާރުގެ މަސައްކަތަށް ހުރަސްއެޅުން ހިމެނެއެވެ.

މުޒާހަރާތައް ފެށުނީ އާދިއްތަ ދުވަހު އިސްލާމާބާދަށް ގޮސް ޢިމްރާން ޚާންގެ "އެންމެ ފަހުގެ ގޮވާލުމަށް" އިޖާބަދިން ޕީޓީއައި ޕާޓީގެ 1،000 އާ ގާތްކުރާ މެންބަރުންނެވެ. މުޒާހަރާގައި ބައިވެރިވި ގިނަ ފަރާތްތައް މިހާރުވެސް ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement 1

ޕީޓީއައިގެ މުއައްސިސް، ޢިމްރާން ޚާން ހުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައެވެ. އޭނާ އާއި ދެކޮޅަށް އެތައް ޖިނާއީ މައްސަލަތަކެއް ހުށަހެޅިފައިވެއެވެ. ބުޝްރާ ބީބީ ވެސް މިއަހަރު 9 މަސްދުވަހު ޖަލުގައި ހޭދަކުރުމަށްފަހު އޮކްޓޯބަރު މަހު ވަނީ ދޫކޮށްލާފައެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ ބުޝްރާ ބީބީ އާއި ޕީޓީއައިގެ ޚައިބަރ ޕަޚްތުންޚްވާ ޕްރޮވިންސްގެ ޗީފް މިނިސްޓަރ ޢަލީ އަމީން ގަންދަޕޫރެވެ. މުޒާހަރާކުރި ފަރާތްތަކުން ޢިމްރާން ޚާން ދޫކޮށްލުމަށް ގޮވާލުމުގެ އިތުރުން އެހެނިހެން ޑިމާންޑްތަކެއްވެސް ކޮށްފައިވެއެވެ.

ޕާކިސްތާން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

14 ދުވަސް ކުރިން - 09:54

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

52 ދުވަސް ކުރިން - 13:25

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

53 ދުވަސް ކުރިން - 19:54

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

62 ދުވަސް ކުރިން - 00:39

ޕާކިސްތާނުގެ ހަމަލާތަކުގައި މިއަހަރު އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރުވެއްޖެ

ޕާކިސްތާނުން މިއަހަރުތެރޭ އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރާލައިފި

66 ދުވަސް ކުރިން - 11:54

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

69 ދުވަސް ކުރިން - 12:18

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%