Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތަސްވީރަކުން ޚާމަނާއީގެ އިންޒާރެއް އިސްރާއީލަށް

ތަސްވީރަކުން ޚާމަނާއީގެ އިންޒާރެއް އިސްރާއީލަށް

ޖަވާދު
641 ދުވަސް ކުރިން - 28 ނޮވެންބަރު 2024 09:58
އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސެއިދު އަލީ ޚާމަނާއީ
އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސެއިދު އަލީ ޚާމަނާއީ
ޚުލާސާ

އިސްރާއީލު މެދުއިރުމަތިން ބޭރުކުރުމަށް އާޔަތުالله ޚާމަނާއީ ބާރުއަޅުއްވާއިރު، އިސްރާއީލަށް ލިބުނު ގެއްލުންތަކާއި ނާކާމިޔާބީތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި ހިޒްބުالله އާއި ހަމާސް އިން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ހުއްޓައިނުލާނެ ކަމަށް ބުނެފަ.

އިސްރާއީލުގެ ދައުލަތް ރޫޅާލައި، ޓެލްއަވީވް ހިމެނޭ ގޮތަށް މިހާރު އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ހުރިހާ ސަރަހައްދުތަކެއް މިނިވަން ކުރަން ކުރާ މަސައްކަތް ދެމިއޮންނާނެ ކަމަށް ބުނާ އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސެއިދު އަލީ ޚާމަނާއީ މީޑިއާއަށް ތަސްވީރަކުން މެސެޖެއް ދެއްވައިފިއެވެ.

ޚާމަނާއީގެ ފާރިސީ ބަހުން ލިޔެފައިވާ އެ ތަސްވީރުގައި ވަނީ އަމާންކަމާއި މިނިވަންކަން ރަމްޒުކޮށްދޭ ހުދު ދިދައަކާއެކު އިސްރާއީލުގެ ޓޭންކަރެއްގެ އެއްބައި ވަޅުލާފައިވާ ތަސްވީރެއް ދައްކާލާފައެވެ.

Advertisement

Advertisement 1

ޚާމަނާއީ އަބަދުވެސް ވިދާޅުވަނީ އިސްރާއީލު ދައުލަތަކީ ހަރާމް ދައުލަތެކެވެ. ޣައިރު ޤާނޫނީ ގޮތުން އިނގިރޭސީވިލާތާއި އެމެރިކާގެ ތާޢީދާއިއެކު މެދުއިރުމަތި ހަލާކުކޮށްލުމަށް ގެންގުޅޭ ޓެރަރިސްޓް ޖަމާޢަތެއް ކަމަށެވެ. އެހެންކަމުން، އެ ސަރަޙައްދުގައި އެ ދައުލަތް އޮވެގެން ނުވާނެ ކަމަށާއި، އެއީ އަނިޔާވެރި ކަމެއް ކަމަށް ޚާމަނާއީ ވިދާޅުވެއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ހައްލެއް އޮތީ ގުދުސް (އަލް ޤުދުސް) އާއި ޓެލް އަވީވް ފަދަ މުހިންމު ސިޓީތައް ހިމެނޭ ގޮތަށް ތާރީހީ ފަލަސްތީނު މުޅިން މިނިވަން ކުރުމުގައި ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.

ޚާމަނާއީ ވަނީ އަލްއަގްސާ ތޫފާން ފަދަ މިހާރު ހިނގަމުންދާ އަނިޔަވެރިކަން ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް ބުނެ އިސްރާއީލާއި ދެކޮޅަށް ކުރާ ޖިހާދަށް ބާރުއަޅުއްވާފަ އެވެ.

ޣައްޒާގެ ހަމާސް، ލުބުނާނުގެ ހިޒްބުالله އަދި ޣިރާޤާއި ޔަމަނުގެ އެހެން ފެކްޝަންތައް ހިމެނޭ ގޮތަށް އިސްރާއީލާއެކު މި އޮޕަރޭޝަން ފެށީ މިދިޔަ އޮކްޓޯބަރު މަހު ޣައްޒާއަށް އިސްރާއީލުން އަރައިގަތުމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެތައް ސަތޭކަ ސިފައިންނެއް މަރުވެ، 240 އަށް ވުރެ ގިނަ މީހުން ރަހީނުކޮށް، އިސްރާއީލުގެ ގިނަ ޢަދަދެއްގެ ޒަމާނީ ސާމާނުތައް ނައްތާލާފައިވެ އެވެ. ހިޒްބުاللهގެ ދައުރުގެ ސަބަބުން އިސްރާއީލުން ލުބުނާނާއެކު ހަނގުރާމަ ހުއްޓާލަން މަޖުބޫރުވީ 13 މަސް ދުވަހުގެ ހަމަނުޖެހުންތަކަށް ފަހު އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފެށުމުންނެވެ. އިސްރާއީލަށް ބިރެއް ނެތި ވައިގެ މަގުން ބޮން އަޅަން ކެރެނީ އާރެއް ބާރެއް ނެތް ހަތިޔާރެއް ނެތް ފަލަސްޠީން މުސްލިމުންނާއި ދެކޮޅަށެވެ.

ހިޒްބުاللهގެ ކުރިމަތީގައި އިސްރާއީލުން ކުޑަކަކޫ ޖެހިއިރު، މި އޮޕަރޭޝަންގެ ކާމިޔާބީ ފާހަގަކޮށް ހިޒްބުاللهއިން ނެރުނު ބަޔާންތަކުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާއިއެކު ދެމިއޮތުމަށް ވައުދުވާ ކަމަށާއި، އަލް ޤުދުސް (ގުދުސް) މިނިވަން ކުރުމަށް ގޮވާލާފައެވެ.

އަނެއްކޮޅުން ހިޒްބުاللهއާއެކު ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެ ސަރަހައްދުގައި އަސްކަރީ ބާރުވެރިކަން ހޯދުމުގެ އުންމީދުތައް ފުނޑުފުނޑުވެގެން ދިޔަކަން ފާހަގަކޮށް ހަމާސްއިން ވަނީ ހިޒްބުاللهގެ މަސައްކަތަށް ތައުރީފުކޮށްފަ އެވެ.

އާޔަތުالله ޚާމަނާއީ އިތުރަށް ވަނީ އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި ދެކޮޅަށް އިސްރާއީލުގެ ލީޑަރުންގެ މައްޗަށް ދައުވާ ކުރުމަށް އިލްތިމާސް ކުރައްވައި، ނަތަންޔާހޫއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ލަފާދެއްވާފަ އެވެ.

އިސްރާއީލްއީރާންމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

5 ގަޑިއިރު ކުރިން - 16:37

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

14 ގަޑިއިރު ކުރިން - 07:21

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

6 ދުވަސް ކުރިން - 13:33

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57