Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯލްޑް ޓްރެވަލް އެވޯޑްސް: ލިބުނު ކާމިޔާބީތައް ފާހަގަކޮށް، ޙާއްސަ ހަރަކާތެއް

ވޯލްޑް ޓްރެވަލް އެވޯޑްސް: ލިބުނު ކާމިޔާބީތައް ފާހަގަކޮށް، ޙާއްސަ ހަރަކާތެއް

އައިޝަތު ރުވާ ރިފްޢަތު
605 ދުވަސް ކުރިން - 27 ނޮވެންބަރު 2024 23:18
އެމްއެމްޕީއާރުސީ އިން މިއަދު ބޭއްވި ޙަރަކާތުގެ ތެރެއިން/ ފޮޓޯ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ އިން މިއަދު ބޭއްވި ޙަރަކާތުގެ ތެރެއިން/ ފޮޓޯ: އެމްއެމްޕީއާރުސީ
ޚުލާސާ

މިއީ ދަތުރުފަތުރުގެ ޚާއްޞަ ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެ ކުންފުނިން ކުރާ ވަޢުދު ދައްކުވައިދޭ ކަމެއް ކަމަށްވެސް އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ވިޒިޓް މޯލްޑިވްސްއިން ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން މިއަދު ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތް ބޭއްވުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވޯޓަރފްރަންޓްގައެވެ.

ރާއްޖެއަށް މި އަހަރު ވަނީ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ މަޤާމު ފަސްވަނަ ފަހަރަށް ލިބިފައެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ މަޤާމު ވެސް ވަނީ ރާއްޖެއަށް ލިބިފައެވެ. މި ޝަރަފުވެރި އެވޯޑްތައް ލިބުމާއި ގުޅިގެން ބޭއްވުނު މި ހަރަކާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއާއި އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ދަތުރުފަތުރުގެ ޚާއްޞަ ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެ ކުންފުނިން ކުރާ ވަޢުދު ދައްކުވައިދޭ ކަމެއް ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

Advertisement

Advertisement 1

"މި އެވޯޑަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަތިކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމުގެ ހެކިތަކެއް،" ޝިއުރީ ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރޭގައި ރާއްޖޭގެ ގްލޯބަލް ބްރޭންޑް ވިޒިބިލިޓީ އިތުރަށް ކުރިއަރުވައި، ރާއްޖޭގެ ކާމިޔާބީތަކުގެ އަގުވަޒަންކޮށް 'މޯލްޑިވްސް ސައިނޭޖް' އެއް އެއާޕޯޓުގައި ދައްކާލެވުނެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ކާމިޔާބީތައް ދައްކުވައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްއެމްޕީއާރުސީވިޒިޓް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

70 ދުވަސް ކުރިން - 16:15

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

76 ދުވަސް ކުރިން - 17:52

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

90 ދުވަސް ކުރިން - 21:51

އައިޓީބީ ބާލިން 2027 ރާއްޖޭގައި

އައިޓީބީ ބާލިން 2027 ރާއްޖޭގައި

142 ދުވަސް ކުރިން - 15:02