ޑޮލަރު މާރުކުރުމާއި ޖަމާކުރުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ޤާނޫނެއްގެ ޑްރާފްޓު އެކުލަވާލައިފިއެވެ.
ޑްރާފްޓު ބިލުގައި، ލުއި ދިންކަމަށް ބުނާއިރު، ޙަޤީޤަތަކީ، ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރުން އިތުރަށް ހަރުކަށިކޮށް ފުޅާކޮށްފައި ވުމެވެ.
މި ޑްރާފްޓް އެކުލަވާލުމުން ބައެއް ފަރާތްތަކުން އޭގައިވާ އެއްޗެއް ރަނގަޅަށް ނުބަލައި، ޑޮލަރު މާރުކުރުމަށް ސަރުކާރުން ރިސޯޓުތަކަށް ލުއި ދީ، ކުރިން ނިންމަވާފައިވާ ގޮތް ބަދަލު ކޮށްފި ކަމަށް ބުނެ ވަނީ މާނަ އޮޅުވާލާފައެވެ.
މި ޑްރާފްޓާއިމެދު ބައެއް އޮޅުންބޮޅުންތައް އުފެދިފައިވާއިރު، ޑޮލަރު މާރުކުރުމާއި ގުޅޭ ގޮތުން ރިސޯޓްތަކަށް ސަރުކާރުން ހަދާ ޤަވާޢިދުތަކަށް ލުއިތަކެއް ދީފައިވާ ކަމަށް ބައެއް މީހުން މާނަކޮށްފައިވެ އެވެ. ނަމަވެސް ސަރުކާރުން ވަނީ ކުރީގެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނަކަން ސާފުކޮށްދީފައެވެ.
ޑޮލަރު މާރުކުރުމާއި ޖަމާކުރުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އެމްއެމްއޭއިން އެކުލަވައިލި ޑްރާފްޓުގައި ވާގޮތުން ޓޫރިޒަމް ވިޔަފާރި ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު މަދުވެގެން 20 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވެއެވެ. އަދި އެ ފަރާތްތަކުން 25 އިންސައްތަ މާރުކުރަން ވެސް ލާޒިމް ކޮށްފައި ވެއެވެ.
ގަވަރުނަރު އަހުމަދު މުނައްވަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޑޮލަރު ބޭންކުތަކަށް ވަންނަކަން ކަށަވަރުކޮށްދީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ފަދައިން، މިހާރު އޮތް ޤަވާޢިދުތައް ހަރުދަނާ ކުރަން ނިންމި ނިންމުން އެންމެ ފަހުގެ ޑްރާފްޓުގައި އިތުރަށް ތަންފީޛު ކުރަނީއެވެ..
އާ ބިލުގައި ހަރުކަށި ޝަރުތުތަކެއް ތައާރަފްކޮށްފައިވާއިރު، މިހާރު ވަކި މިންވަރަކަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ހުރިހާ ފަރާތްތަކެއް ހިމެނެ އެވެ. ފަތުރުވެރިކަމުގެ ސިނާޢަތު އެކަންޏެއް ނޫނެވެ. މި އެޑްޖަސްޓްމަންޓްގެ ސަބަބުން ބައެއް ވިޔަފާރިތައް ކެޓަގަރީ އޭ އިން ކެޓަގަރީ ބީ އަށް އަލުން ގިންތިކުރެވުނެވެ.
އެހެންކަމުން، ބައެއް ނޫސްތަކުން ދޭހަވާ ގޮތާއި ޚިލާފަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޑޮލަރު މާރުކުރުމާއި ބެހޭގޮތުން ކުރިން ވެސް ނިންމެވި ނިންމެވުމަށް ލުއިތަކެއް ދީފައި ނުވެއެވެ.
"ޑޮލަރު މާރުކުރުމަށް ލުއި ދިންކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް". ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ކުރުކޮށް ބުނާނަމަ، ރައީސް ޑރ، މުޢިއްޒު ކުރިން ވެސް އިއުލާން ކުރެއްވި ގޮތަށް މިހާރު އޮތް ޤަވައިދަށް އިތުރު ބާރޫވެރިކަމެއް ގެނެސް، ޤާނޫނެއް އެކުލަވައިލުމަށް ޚިޔާލަށް ހުޅުވައިލީއެވެ. ޤާނޫނޫގައި ކުރިން އޮތް މިންވަރަށް ވުރެ އިތުރަށް ހަރުކަށި ކުރީއެވެ،
ކުރިން އޮތް ގޮތުން، ލިބޭ ޔޫއެސްޑީ ބޭންކް އަކަށް ޖަމާ ކުރަން ޖެހެނީ ޓޫރިޒަމް އާމްދާނީ ލިބޭ ފަރާތްތައް އެކަންޏެވެ.
މިހާރު، ޓޫރިޒަމް ނޫނަސް، އެހެން ދާއިރާ އަކުން ވިޔަސް ވަކި ވަރަކަށް ވުރެ ގިނައިން ޑޮލަރު ލިބޭނަމަ އެ ހުރިހާ ފަރާތްތައް، އެފަރާތްތަކަށް ލިބޭ އާމްދާނީ ރައްޖޭގެ ބޭންކް އަކަށް ޖަމާކުރަން ޖެހެއެވެ.
ބިލްގައި އޮތް ގޮތުން ހަމަ ކޮންމެ ޓޫރިސްޓަކު 500$ ނުވަތަ 25$ މާރުކުރަން ޖެހެއެވެ. ބިލުން އެއްޗެއް އުނި ނުކުރެއެވެ. ކުރީ އިތުރެވެ. އިތުރުކުރީ 3 އިސްތިސްނާ އެކެވެ.
އެއީ ރާއްޖޭގައި 24 ގަޑިއިރު ނުވާ ފަތުރުވެރިންނާއި، 2 އަހަރުން ދަށުގެ ކުޑަކުދިންނާއި ހިލޭ ރާއްޖެއަށް އަންނަ ފަރާތްތަކެވެ.
ވީމާ ޑޮލަރު މާރުކުރުމަށް ރައީސް ކުރިން ނިންމަވާފައިވާ ނިންމުމަށް އެއްވެސް ލުޔެއް ނުދެއެވެ. ލުއި ދިނޭ ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ. އިތުރަށް ހަރުކަށި ކުރީއެވެ.









