Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލުބުނާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކުރާ ކަމަށް ނަތަންޔާހޫ އިޢުލާން ކުރައްވައިފި

ލުބުނާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކުރާ ކަމަށް ނަތަންޔާހޫ އިޢުލާން ކުރައްވައިފި

ޖަވާދު
651 ދުވަސް ކުރިން - 27 ނޮވެންބަރު 2024 09:32
ލުބުނާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކުރާ ކަމަށް ނަތަންޔާހޫ އިޢުލާން ކުރައްވައިފި
ޚުލާސާ

ހިޒްބުالله އާއި ހަނގުރާމަކޮށްގެން ކުރި ނުލިބޭނެކަން އެނގިގެން އެންމެފަހުން އިސްރާއީލަށް ޖެހުނީ އެމީހުން ޙާޞިލް ކުރަން ވަޢުދުވި ލަނޑުދަނޑިތައް ޙާޞިލް ނުވުމުން ލުބުނާނާއި އެކު އެއްބަސްވުމަކަށް ދިއުމަށް.

އެމެރިކާ އާއި ފްރާންސުން ހުށަހެޅި ހުށަހެޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް "ސެކިއުރިޓީ ކެބިނެޓް" އެއްކުރުމަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވައިފި އެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް ވަޒީރުންގެ މަޖިލީހުން ރުހުން ދިނީ ލުބުނާނަށް ދެ މަސް ދުވަހު ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު އެވެ.

އެމެރިކާ އާއި ފްރާންސް ގުޅިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

Advertisement

Advertisement 1

މި އެއްބަސްވުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ލުބުނާނުގްއިމދަނީ މަޝްވަރާ ކުރަމުންނެވެ..

އިއްޔެ ޓީވީން ދެއްކެވި ޚިޠާބުގައި ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ދިގުމިން ބަރޯސާވެފައިވަނީ ހިޒްބުاللهގެ މައްޗަށެވެ. “އަޅުގަނޑުމެން ފުރިހަމަ މިނިވަންކަން ދަމަހައްޓާނަން... ހިޒްބުالله އިން ރޮކެޓް ޙަމަލާތައް ބަދަލުކޮށްފިނަމަ އަޅުގަނޑުމެން ހަމަލާދޭނަން.”

ނަމަވެސް ނަތަންޔާހޫ ވިދާޅުވީ ހިޒްބުاللهއާ އެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އައުޓްލައިނެއް ކެބިނެޓަށް ގެނެސް، ރުހުން ދެއްވާނެ ކަމަށެވެ.

ލުބުނާނާއި ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓައިލުމަށް ނަތަންޔާހޫ ބޭނުންވަނީ އީރާނުން ނިއުކްލިއާ ހަތިޔާރުނއިފައްދަފާނެތީވެ ބިރުން، އީރާނަށް ފޯކަސް ކުރުމަށެވެ.

ހަމައެހެންމެ، ނަތަންޔާހޫ ވިދާޅުވީ ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާއަށް ވެސް އަރާމުކޮށް، ޣައްޒާއަށް ފޯކަސްކޮށް، ހަމާސްއަށް ޕްރެޝަރު "ބޮޑު" ކުރެވޭނެ ކަމަށެވެ.

އިސްރާއީލުގެ އަނިޔާވެރިކަން މުޅިން ނިމުމަކަށް ގެނައުމާއި ލުބުނާނުގެ އިސްތިގުލާލު ހިމާޔަތްކުރުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެންމެ މުހިންމު ޝަރުތުތައް ކަމަށްވާއިރު. ޣައްޒާ ހަނގުރާމަ ހުއްޓައިނުލާހާ ހިނދަކު އިސްރާއީލަށް ޙަމަލާ ދޭނެކަމަށް ހިޒްބުالله އިން ކުރިން ބުނެފައިވެއެވެ.

ލުބުނާނުގެ ފޮރިން މިނިސްޓަރު އަބްދުﷲ ބޫ ހަބީބު ވިދާޅުވީ އިސްރާއީލުގެ ސިފައިން ފައިބައިގެންދާއިރު ލުބުނާނުގެ ދެކުނުގައި މަދުވެގެން 5،000 ސިފައިން ތިބުމަށް ލުބުނާނުގެ ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާޓީ ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކޮށް އިސްރާއީލުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.

އިސްރާއީލުން ލުބުނާނާ ދެކޮޅަށް ސީދާ ހަނގުރާމަ ފެށީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނަތަންޔާހޫ އެކަމަށް އިޢުލާން ކުރެއްވުމަށް ފަހުގައެވެ.

އިސްރާއީލުގެ އަސްކަރީ ކޮމާންޑަރުން ވަނީ ހިޒްބުالله ނައްތާލައި، ލުބުނާނުގެ ދެކުނުގައި ހިޒްބުاللهގެ ބާރު ކަނޑުވާލާނެ ކަމަށް ވަޢުދުވެފައެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް މަޖުބޫރުވީ އެއިން އެއްވެސް އަމާޒެއް ހާސިލް ނުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގަބޫލުކުރުމަށެވެ. ސަބަބަކީ އިސްރާއީލަށް ވެސް އަދި އެމެރިކާ އާއި ފްރާންސް ވެސް ހީކުރި ވަރަށް ވުރެ ހިޒްބުالله މާބޮޑަށް ވެސް ވަރުގަދަ ވުމުންނެވެ.

އިސްރާއީލުގެ އެންމެ ކަނާތުފިޔައިގެ މިނިސްޓަރު އިޓަމާ ބެން ގްވީރު އިއްޔެ ވިދާޅުވީ އިސްރާއީލާއި ލުބުނާނާ ދެމެދު ވެވުނު އެއްބަސްވުމަކީ އުތުރުގައި ވަޒަންވެރިވި މީހުން ސަލާމަތުން އެމީހުންގެ ގެދޮރަށް އަނބުރާ ގެނައުމުގެ އަމާޒު ހާސިލް ނުވާ އެއްބަސްވުމެއް ކަމަށެވެ.

އިދިކޮޅު ލީޑަރު ޔާއިރް ލަޕިޑް ވިދާޅުވީ ނަތަންޔާހޫގެ ކެބިނެޓް "ހިޒްބުالله އާއި އެކު އެއްބަސްވުމަކަށް ދާއިރު، މިވަގުތު އިސްރާއީލުގެ އުތުރުގެ ރަށްތައް ހަލާކުވެ، ރައްޔިތުންގެ ފުރާނަ ގެއްލި، އިސްރާއީލްގެ ސިފައިން ހުސްވެފައިވާ" ކަމަށެވެ.

އިސްރާއީލްލުބުނާންހިޒްބުاللهމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

21 ދުވަސް ކުރިން - 19:36

ހިޒްބުﷲ އަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

ހިޒްބުﷲއަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

33 ދުވަސް ކުރިން - 16:45