Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

4،000 ފްލެޓްގެ ރީ-އިވެލުއޭޝަނަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ގެދޮރުވެރިކަމުގެ ވުޒާރާ

4،000 ފްލެޓްގެ ރީ-އިވެލުއޭޝަނަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ގެދޮރުވެރިކަމުގެ ވުޒާރާ

އައިޝަތު ރުވާ ރިފްޢަތު
602 ދުވަސް ކުރިން - 26 ނޮވެންބަރު 2024 22:25
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ހައިދަރު
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ހައިދަރު
ޚުލާސާ

ވުޒާރާގެ މަޤްޞަދަކީ މި ސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ޙައްޤުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެންދިއުން ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރި.

މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ދެއްވައިފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، މި ސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ކަމަށް ވެސް ބުންޏެވެ.

"މި ސްކީމާއި ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" ވުޒާރާއިން ނެރުނު ބަޔާނުގައި ވެއެވެ.

Advertisement

Advertisement 1

ވުޒާރާގެ މަޤްޞަދަކީ މި ސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ޙައްޤުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެންދިއުން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ފްލެޓްތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެން ހަދާފައިވާ ފްލެޓްތަކެކެވެ. މި މަޝްރޫޢުގައި ހިމެނެނީ 32 ޓަވަރެވެ. މީގެ ތެރޭގައި ތިން ކޮޓަރީގެ 2800 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމަންޓް ހިމެނެއެވެ.

މިދިޔަ ސަރުކާރުގެ ދައުރު ނިމުމާއި ކައިރިވެފައި ވަނިކޮށް ކޮރަޕްޝަނަށް ،ަގު ފަހިވާ ގޮތަށް ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާއި ގުޅިގެން، ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވާފައެވެ. އޭސީސީގެ ތަޙްޤީޤަށްފަހު، ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ފާހަގަކުރެވުނެވެ.

މި ވަގުތު، ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރުމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ. އަދި ފްލެޓްތައް ހަވާލުކޮށް، މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކޮންމެ އިމާރާތެއްގައި ވެސް އަސާސީ ޚިދުމަތްތައް ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓުގެ ޔުނިޓްތަކެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ ޔުނިޓްތަކެވެ.

މި ފްލެޓްތަކުގެ ރީ-އިވެލުއޭޝަން މަސައްކަތް ކުރިއަށްދާއިރު، އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް ވުޒާރާއިން ދެއްވާފައިވާ ޔަގީންކަމާއެކު، ގިނަ ރައްޔިތުން މި މަޝްރޫޢުގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާކަން ފާހަގަކުރެވެއެވެ. ވުޒާރާއިން ވަނީ މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، ފްލެޓްތައް ޙައްޤުވެރި ފަރާތްތަކަށް ލިބިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ހައުސިންގ މިނިސްޓްރީފްލެޓް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

60 ދުވަސް ކުރިން - 13:45

އަމިއްލައަށް ގެދޮރު ބިނާނުކުރެވޭ ފަރާތްތަކަށް ފުލެޓު ދެނީ

އަމިއްލައަށް ގެދޮރު ބިނާނުކުރެވޭ ފަރާތްތަކަށް ފުލެޓު ދެނީ

110 ދުވަސް ކުރިން - 12:05

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ކުނި-އެޅިގެން ފަހި ފްލެޓްތަކުގެ ޖަންކްޝަންތައް ބެދި ލީކުވަނީ

125 ދުވަސް ކުރިން - 13:41

އިދާރާތަކާއި މުއައްސަސާތަކަށް ދޫކުރާ ފުލެޓުތަކުގެ އުސޫލު އިސްލާހުކޮށްފި

އިދާރާތަކާއި މުއައްސަސާތަކަށް ދޫކުރާ ފުލެޓުތަކުގެގެ އުސޫލު އިސްލާހުކޮށްފި

141 ދުވަސް ކުރިން - 17:04

ފޭސް 3 ގައި 1،000 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

1،000 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަނީ

145 ދުވަސް ކުރިން - 00:18

ގޯއްޗާއި ފްލެޓަށް އެދި 3600 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

ގޯއްޗާއި ފްލެޓަށް އެދި 3600އަށް ވުރެގިނަ ފޯމު!

161 ދުވަސް ކުރިން - 14:21

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%