Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު: ޖުމްލަ 1984 ކެންޑިޑޭޓުން ހޮވިއްޖެ

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު: ޖުމްލަ 1984 ކެންޑިޑޭޓުން ހޮވިއްޖެ

އައިޝަތު ރުވާ ރިފްޢަތު
562 ދުވަސް ކުރިން - 26 ނޮވެންބަރު 2024 12:54
ޕީއެންސީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބު / ފޮޓޯ: ޚުލާސާ
ޕީއެންސީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބު / ފޮޓޯ: ޚުލާސާ
ޚުލާސާ

ޖުމްލަ 1984 މަޤާމަށް މީހުން އިންތިޚާބު ކުރުމަށް ހަމަޖެހިފައި ވީނަމަވެސް، މީގެ ތެރެއިން 1300 މަޤާމަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާތީ، އެ 1300 މަޤާމަށް ވަނީ އިންތިޚާބަކާ ނުލައި މީހުން ހޮވިފައި.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފައިވާއިރު، ޖުމްލަ 1984 ކެންޑިޑޭޓުން ހޮވިއްޖެއެވެ. މި ނަތީޖާ އިއުލާނު ކުރީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނައި އެ މަރުކަޒުތަކުގައި އިއުލާނުކުރި ގޮތަށްކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުންޏެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބެހެއްޓި 143 ވޯޓު ފޮށީގެ ކަރުދާސްތަކާއި ނަތީޖާ ޝީޓުތަކުގެ އަސްލު ޕާޓީގެ ރަސްމީ އޮފީހަށް ލިބުމުން، ހުށަހެޅިފައިވާ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ދާއިމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރުމަށްފަހު، 72 ގަޑިއިރުގެ ތެރޭގައި އިންތިޚާބުވި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިޚާބު ކުރަންޖެހޭ މަޤާމުތައް ކަނޑައެޅުމުގެ މަރުޙަލާ ކުރިއަށް ގެންދާނެ ކަމަށްވެސް ޕާޓީން ފާހަގަކުރިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި 648 ކެންޑިޑޭޓުން ވާދަކުރި ކަމަށް ޕީއެންސީން ބުންޏެވެ. ޖުމްލަ 1984 މަޤާމަށް މީހުން އިންތިޚާބު ކުރުމަށް ހަމަޖެހިފައި ވީނަމަވެސް، މީގެ ތެރެއިން 1300 މަޤާމަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާތީ، އެ 1300 މަޤާމަށް ވަނީ އިންތިޚާބަކާ ނުލައި މީހުން ހޮވިފައިކަމަށް އެ ޕާޓީން ބުންޏެވެ.

Advertisement

Advertisement 1

ޕާޓީން އިތުރަށް ބުނީ، ވަގުތީ ނަތީޖާއާ މެދު އެއްވެސް ޝައްކެއްވާނަމަ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި އިންތިޚާބަކީ ޕީއެންސީގެ އެތެރޭގެ އިންތިޚާބެއް ކަމަށްވާތީ، މި އިންތިޚާބުގެ ނަތީޖާއަށް ޕާޓީގެ މެންބަރުންނާއި ޤައުމީ ސިޔާސީ މަޝްރަޙު ބަލަހައްޓާ ފަރާތްތަކުން ޝައުޤުވެރިކަމާއެކު ބަލަމުންދާނެ ކަމަށެވެ.

ޕީއެންސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

2 ދުވަސް ކުރިން - 22:06

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

4 ދުވަސް ކުރިން - 10:48

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

5 ދުވަސް ކުރިން - 23:26

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

5 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

11 ދުވަސް ކުރިން - 14:31