ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފްކުރި “އިމިގްރޭޝަން ވޮޗް” ޕްލެޓްފޯމަށް 900 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުގެ އަހަރީ ހިސާބުތަކުން ދައްކާގޮތުގައި “އިމިގްރޭޝަން ވޮޗް” އަށް މިހާތަނަށް 966 މައްސަލަ ހުށަހެޅިފައިވެއެވެ.
ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދައި އެފަދަ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން އިމިގްރޭޝަނުން ދަނީ މީގެ ކުރިން ނުކުރާ ވަރަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 5,012 ބިދޭސީން ރާއްޖެއިން ޑީޕޯޓް ކޮށްފައިވާއިރު، 1,300 އަށްވުރެ ގިނަ ތަން ބަލައި ފާސްކުރެވިފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ އަދި ސައްޙަ ވިސާއެއް ނެތި އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެއާއި މާލެއިން ބޭރުގައި ވެސް ރެއިޑް ކުރަމުންނެވެ.









