ހދ.ކުޅުދުއްފުށީ ސިޓީން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ތަކުގެ ތެރެއިން މީހުން ދިރިނޫޅޭ ފަޅު ގޯތިތައް ދައުލަތަށް ނަގަން ނިންމައިފިއެވެ.

ކުޅުދިއްފުށީ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގަ ވަނީ މިހާތަނަށް ރަޖިސްޓަރީ ހައްދާފައި ނުވާ ގޯތި ތަކާއި ސާފު ނުކޮށް ނުވަތަ ގޮނޑުކޮށް ހުރި ގޯތިތައް ވެސް ނަގާނެ ކަމަށެވެ. ނަމަވެސް ރަޖިސްޓަރީ ނަހައްދައިހުރި ފަރާތްތަކަށް 3 މަސް ދުވަސް ދީފައި ވެއެވެ.

އަދި ސާފުކޮށް ބަލަހައްޓަމުން ނުދާ ގޯތިތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތި ވަކިކުރުމަށް ޝަރީޢަތަށް ފޮނުވާނެ ކަމަށް އަންގާ އާއްމު ކޮށް އިޢްލާނު ކުރާކަމަށް ބަޔާންކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން 25 ނޮވެމްބަރު 2024 ގައި ކުރި އިޢުލާނުގައި ވެއެވެ.