މިދިޔަ އިންތިޚާބުގައި ބޮޑެތި ތުހުމަތު ތަކެއް ކުރެވުނު އިލެކްޝަން ކޮމިޝަން (އީސީ)ގެ ތިން މެމްބަރުން ވަކިކުރަން ހުށަހެޅި މައްސަލައިގައި ޑރ. ޒާހިރު ފިޔަވައި އަނެއް ދެބޭފުޅުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ވަކިކުރަން ފާސްކުރީ އީސީގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް އެވެ.
ނަޝާތު ވަކިކުރުމަށް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އަދި މުޙައްމަދު އާސިފް ވަކިކުރުމަށް ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ
އިލްކެކްޝަންސް ކޮމިޝަންގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރު ވަކިކުރަން ވޯޓަށް އެހުމުން އޭނާ ވަކިކުރަން ނުފެންނަ ކަމަށް 70 މެންބަރުން ވަމީ ވޯޓު ދެއްވާފައެވެ.
މީގެ އިތުރުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުޙައްމަދު ވަކިކުރަން ވެސް މަޖިލީހަށް ހުށަހެޅި، ކޮމެޓީން ފާސްވެސް ކުރިއެވެ. ނަމަވެސް ވޯޓުގެ ކުރިން އެ ދެ ބޭފުޅުންވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.









