އިޓަލީގެ ސީރީ އޭގައި ނަޕޯލީއާއި ރޯމާ ބައްދަލުރި މެޗު 1-0 ލަނޑުން ނަޕޯލީ ކާމިޔާބު ކޮށްފިއެވެ.
މި ސީޒަނުގައި ގިނަ މައްސލަތަކާއި ދިމާވެ ކޯޗުން ވެސް ބަދަލުކުރަން ޖެހުނު ރޯމާ ރޭ ކުޅުނީ އެޓިމަށް ކުރިން ވެސް ކޯޗުކަން ކޮށްދިން ތަޖުރިބާކާރު ކޯޗު ރަނިއޭގެ އިރުޝާދުގެ ދަށުންނެވެ.
ރޭގެ މެޗުގައި ފެނުނު ހަމައެކަނި ގޯލު ޖަހައިދިނީ ދެވަނަ ހާފު ފެށިގެން 10ވަނަ މިނެޓުގައި ލުކާކޫއެވެ.
ރޭގެ މެޗުން ބަލިވިޔަސް ރަނިއޭރީ ބުނީ އެނާއަށް ޓީމު ފެންނަނީ ޕޮޒިޓިވް ކޮށެވެ. މިސްޓޭކުތައް ހެދުނު ކަމަށާއި އެކަންކަމާއި ކުޅުންތެރިންނާއި ވާހަކަދައްކައި މައްސަލަތައް ހައްލު ކުރެވޭނެ ކަމަށެވެ.
73 އަހަރުގެ ރަނިއޭރީ ވަނީ ރިޓަޔަރކުރުމަށްފަހު އަލުން ކޯޗިންގއަށް އައިސް، ރޯމާގެ ކޯޗުކަމާއި ޙަވާލުވެފައެވެ. މިއީ ރަނިއޭރީ ރޯމާގެ ކޯޗުކަން ކުރާ ތިންވަނަ ފަހަރެވެ. މިފަހަރު ރަނިއޭރީ ރޯމާގެ ކޯޗުކަމާއި ޙަވާލުވީ، މި ސީޒަންގައި ދެ ކޯޗަކު ވަކިކުރުމަށްފަހު، ޓީމު ލީގުގެ 12 ވަނަ ހިސާބުގައި އޮއްވައެވެ.
ރަނިއޭރީ ރޯމާގެ ކޯޗުކަމާއި ޙަވާލުވުމާއި ގުޅިގެން، މެޗަށް ތައްޔާރުވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މެޗު ފެށުމުގެ ކުރިން ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީގެ ކޯޗު ކޮންޓޭ ބުނެފައިވެއެވެ.









