ޝޫޓިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި، "ނޭޝަނަލް ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް 2024" ގައި ބައިވެރިވި ސިފައިންގެ އެތުލީޓުން އަށް ރަން މެޑެލް ހޯދައިފިއެވެ.
މީގެ އިތުރަށް ވެސް ސިފައިންގެ އެތުލީޓުންނަށް ފަސް ރިހި މެޑެއްޔާއި ހަތަރު ލޯ މެޑެލް ވެސް ލިބުނެވެ.
މި މުބާރާތުގެ ގިނަ ވަނަތަކެއް ސިފައިން ހާސިލުކުރިއިރު، މުބާރާތުގެ އެއަރ ރައިފަލް ކެޓެގަރީގެ ފިރިހެން ބައިގެ ބެސްޓް ޝޫޓަރގެ މަޤާމު، ކޯޕްރަލް އިބްރާހީމް ޝިފާން، އަދި އެއަރ ޕިސްޓަލް ކެޓެގަރީގެ ފިރިހެން ބައިގެ ބެސްޓް ޝޫޓަރގެ މަޤާމު ހާސިލުކޮށްފައި ވަނީ ލާންސް ކޯޕްރަލް ޠާހާ މާދު މުޙައްމަދެވެ.
މުބާރާތް ނިންމުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.
މި ރަސްމިއްޔާތުގައި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤާއި، އެސޯސިއޭޝަންގެ ނާއިބު ރައީސް، ކާނަލް އަޙްމަދު ޒުބައިރު އަދި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ކާނަލް އަޙްމަދު ޝާމިން ބައިވެރިވެލެއްވިއެވެ.









