80 ޓީމާއެކު މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި

މުޙައްމަދު ޛިހާން ޒުބައިރު | 180 ދުވަސް ކުރިން - 23 ނޮވެންބަރު 2024 20:45
ޚުލާސާ

މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް މިއަދު ފަށައިފި. ބައިވެރިވީ 80 ޓީމު. މުބާރާތުގައި އަތޮޅު ތެރެއިން 24 ސްކޫލަކުން 49 ޓީމުން ބައިވެރިވެފާވައިރު މާލޭގެ 12 ސުކޫލަކުން 31 ޓީމުވަނީ ބައިވެރިވެފައި.

ސުކޫލުތަކަށް އަމާޒުކޮށްގެން ބާއްވާ މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.

މުބާރާތުގައި އަތޮޅު ތެރެއިން 24 ސުކޫލަކުން 49 ޓީމުން ބައިވެރިވެފާވައިރު މާލެ އިން 12 ސުކޫލަކުން 31 ޓީމުވަނީ ބައިވެރިވެފައެވެ.

10 އަހަރަގު މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު އަލުން ފަށާފައިވާ މި މުބާރާތުގައި މާލޭ ސްކޫލްތަކާއި، އަތޮޅު ތެރެއިން ބައިވެރިވި ސްކޫލްތައް ކުޅޭނީ ވަކިން ކަމަށް ވީއޭއެމް އިން މަޢުލޫމާތު ދެއެވެ.

މި މުބާރާތުގައި އަތޮޅު ތެރޭ ސްކޫލުތަކުން މެޗުތައް ކުޅެން ޕޮލިސް ކޯޓު ހަމަޖައްސާފައިވާއިރު، މާލޭ ސްކޫލުތަކުގެ މެޗުތައް ކުޅުމަށް ހަމަޖައްސާފައިވަނީ މާފަންނު ކުޅިވަރު އެކުވެނީގައިވާ ވޮލީ ކޯޓުތަކުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%