ރާއްޖޭގެ އެންމެ މަޤްބޫލް ސިޔާސީ ޕާޓީ ކަމަށްވާ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އިންތިޙާބު 2024 ގެ ވޯޓުލުން ރަށްރަށާއި ސިޓީތަކުގައި ވަރަށް ފޯރިއާއިއެކު ކުރިޔަށް އެބަ ދެއެވެ.
90 ރަށުގެ 56 ދާއިރާގައި ވޯޓުލުން ކުރިއަށްދާއިރު، ގިނަ ތަންތަނުގައި ގަޑިއަށް ވޯޓުލުން ފެށިފައި ވެއެވެ.
މާލޭގައި ވޯޓުލުން ކުރިއަށް ދަނީ ދަރުބާރު ގޭގައެވެ. އަދި ރަށްރަށުގައި ވޯޓުލަނީ އެރަށެއްގެ ސުކޫލުގައި ކަމަށް ޕީއެންސީން ބުންޏެވެ.
މި އިންތިޚާބަކީ ކޮންގްރެސް ޕާޓީގެ އެތެރޭގެ މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބަކަށް ވާއިރު، މަޤާމުތަކަށް ގިނަ ކެންޑިޑޭޓުން ތަކެއް ކުރިމަތި ލާފައިވާކަން ފާހަގަކޮށްލެވެއެވެ.









