Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފާނަބަސަންދު ޖެހިގެން މިއަހަރު 2900 އަށްވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިއްޖެ

އާނާ ފަހީމް
690 ދުވަސް ކުރިން - 22 ނޮވެންބަރު 2024 22:22
ފާނަބަސަންދު ޖެހިގެން މިއަހަރު 2900 އަށްވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިއްޖެ
ޚުލާސާ

މި އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް މުޅި ރާއްޖެއިން 2977 މީހުން ވަނީ ފާނަބަސަންދު ޖެހިގެން ރިޕޯޓްކޮށްފަ. މީގެ ތެރެއިން 1506 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަޙައްދުން، އަދި 1471 ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތަކުން.

މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ފާނަބަސަންދު ޖެހިގެން 2900 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިމަޢުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާނަބަސަންދުގެ ކޭސްތައް ރިޕޯޓްކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެޗްޕީއޭއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން،2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް މުޅި ރާއްޖެއިން 2977 މީހުން ވަނީ ފާނަބަސަންދު ޖެހިގެން ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 1506 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 1471 ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތަކުންނެވެ.

Advertisement

Advertisement 1

މީގެއިތުރުން، މި މަހުގެ ތެރޭގައި ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. މި 11 ކޭސްގެ ތެރެއިން ދެ މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އިތުރު ފަރުވާ ދެމުންދާ ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ފާނަބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން އަދި ގައިން ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެއެވެ.

ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ބަލި ޖެހިފައިވާ މީހުންގެ ގާތަށް ޒިޔާރަތް ނުކުރުމަށާއި، ބަލިޖެހިފައިވާ މީހުން އެކަހެރިވެ ތިބުމަށެވެ. އަދި ބަލި ފަސޭހަވަންދެން އަންނައުނާއި ތުވާލިފަދަ ހިފައި ގެންގުޅޭ ތަކެތި ވަކިކުރުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދެއްވާފައިވެއެވެ.

ފާނަބަސަންދުގެ ކޭސްތައް އިތުރުވަމުންދާތީ، އާންމު ރައްޔިތުން ވީހާވެސް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ގޮވާލާފައިވެއެވެ.

އެޗްޕީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދެކުނަށް ކުރި ވިއްސާރައިގައި ގެއްލުންވި އާއިލާތަކަށް އެންޑީއެމްއޭއިން އެހީވާން ފަށައިފި

28 ދުވަސް ކުރިން - 12:19

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

35 ދުވަސް ކުރިން - 17:37

ހިމަބިހި ފެތުރޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

48 ދުވަސް ކުރިން - 16:28

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކަށް މާލީއެހީ ދިނުމަށް ހުޅުވާލައިފި

57 ދުވަސް ކުރިން - 10:34

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

91 ދުވަސް ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

133 ދުވަސް ކުރިން - 21:52