Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހާރިސްގެ މަރުގެ ދަޢުވާލިބޭ ޔާމީން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި

ހާރިސްގެ މަރުގެ ދަޢުވާލިބޭ ޔާމީން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި

މަރްޔަމް ޝަހުދާ
657 ދުވަސް ކުރިން - 21 ނޮވެންބަރު 2024 18:38
ޏ.ފުވައްމުލަކު/ހޯދަނޑު، ހިލްޓަން، ޔާމީން ރަޝީދު
ޏ.ފުވައްމުލަކު/ހޯދަނޑު، ހިލްޓަން، ޔާމީން ރަޝީދު
ޚުލާސާ

ހައިކޯޓުން ޔާމީން ދޫކޮށްލީ އިސްތިޢުނާފް މަރުޙަލާގައި އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ބުނެ.

ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި ވަޅި ޖަހާ މަރާލި، ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ގަފޫރުގެ މަރުގެ މައްސަލައިގެ ދަޢުވާ ލިބޭ، ޏ.ފުވައްމުލަކު/ހޯދަނޑު، ހިލްޓަން، ޔާމީން ރަޝީދު ބަންދު ނުކުމަށް ހައި ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން އިއްޔެގެ އިސްތިޢުނާފުގެ މަޖިލީހުން މި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައާޅާފައިވަނީ، އިސްތިއުނާފީ މަރުޙަލާގައި ޝަރީޢަތް ނިމެންދެން ޔާމީން ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައިކޯޓުން ވަނީ ޔާމީންއަކީ މުޖުތަމަޢުގެ ސަލާމަތަށް ހުތި ކުރައްކަލެއްކަމަށް ބެލެވިދާނެ އެއްވެސް ހެއްކެ ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ފާހަގަކޮށްފައެވެ. އަދި ކުށުގެ ބާވަތާއި ސީރިއަސް ކަމަށް އެކަނި ބަރޯސާވެ އޭނާ ބަންދުގައި ބަހައްޓަން އަމުރެއް ނެރެވިދާނެކަމަށް ނުދެކޭ ކަމަށް ފާހަގަކޮށްފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން ޔާމީން މައްސަލައިގެ ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ ނުރައްކާ އޮތް ކަމަށް ދައުލަތުން ބުނާއިރު، މީގެ ކުރިން ޔާމީން އެފަދަ ޢަމަލެއް ކޮށްފައިވާކަން އަދި އެފަދަ ކަމެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން ދައުލަތަށް ބުނެނުދެވޭ ކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ މަރުޙަލާއިން ޔާމީން މިނިވަންވެފައިވާ ކަމަށާއި، އެ މިނިވަންކަމުން އޭނާ މަޙުރޫމުކުރަންޖެހޭ ސަބަބެއް ދައުލަތަށް ކޯޓުގައި ދެއްކިފައި ނުވާ ކަމަށް މި ނިންމުމުގައި ވެއެވެ.

ޔާމީންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެމްޓެމްބަރު މަހު ހުޅުމާލެ ހާފްވޭ ހައުސްކައިރީ ހިނގި މާރާމާރީއެއްގައި ހާރިސް އަބްދުލްޣަފޫރު މަރާލިކަމުގެ ތުހުމަތުގައެވެ. ޔާމީންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އެވެ. މި މައްސަލައިގައި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހެކި ނެތް ކަމަށް ބުނެ ޔާމީން މިނިވަންކޮށްފައެވެ. އަދި ހަމަ މިދިޔަ އަހަރު މި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައެވެ.

މަރުހައިކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

3 ދުވަސް ކުރިން - 16:18

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 16:10

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

8 ދުވަސް ކުރިން - 13:32

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

9 ދުވަސް ކުރިން - 09:01