Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާސަންދަ ޚިދުމަތް އިތުރަށް ފުޅާކުރަނީ

އާސަންދަ ޚިދުމަތް އިތުރަށް ފުޅާކުރަނީ

ހުސައިން އިސްމާއިލް
654 ދުވަސް ކުރިން - 20 ނޮވެންބަރު 2024 11:54
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު - ތައިލެންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތަކާއެކު މަޝްވަރާކޮށް، ކުރިއަށްދެވޭނެ ގޮތްތައް ވަނީ ހޯދާފައި. /ފޮޓޯ: ޚުލާސާ
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު - ތައިލެންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތަކާއެކު މަޝްވަރާކޮށް، ކުރިއަށްދެވޭނެ ގޮތްތައް ވަނީ ހޯދާފައި. /ފޮޓޯ: ޚުލާސާ
ޚުލާސާ

އާސަންދަ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ތައިލެންޑާއި ޔޫއޭއީން އާސަންދައިގެ ޚިދުމަތް ލިބޭނެ ދުވަސް ވަރަށް އަވަހަށް އިޢުލާންކުރާނެ. އާސަންދަ ފުޅާކުރުމަކީ ރައީސްގެ ވަޢުދުފުޅެއް.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އާސަންދަ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުން، ތައިލެންޑާއި ޔޫއޭއީން އާސަންދައިގެ ޚިދުމަތް ލިބޭނެ ދުވަހެއް ވަރަށް އަވަހަށް އިޢުލާންކުރައްވާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، އާސަންދައިގެ ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. މިގޮތުން ތައިލެންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތަކާއެކު މަޝްވަރާކޮށް، ކުރިއަށްދެވޭނެ ގޮތްތައް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭ އިސްކަމުގެ ހެއްކެއްގެ ގޮތުން، މި އަހަރުގެ މިހާތަނަށް އާސަންދައިން 2.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ފުރަތަމަ ކުއާޓަރުގައި 838 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރުގައި 823 މިލިއަން ރުފިޔާ، އަދި ތިންވަނަ ކުއާޓަރުގައި 903 މިލިއަން ރުފިޔާ ހިމެނެއެވެ.

Advertisement

Advertisement 1

ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ޞިއްޙަތަށް ދެއްވާ އަހައްމިއްޔަތުކަން މި އަދަދުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ. އާސަންދަ ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ވާއިރު، ކުރިން އަގުބޮޑުކޮށް ވިއްކަމުންދިޔަ ބޭސްތައްވެސް ސަރުކާރުގެ އެންގުމަށް ބޭސްފިހާރަތަކުން މިހާރު ވަނީ އަގުތައް ހެޔޮ ކޮށްފައެވެ.

މިނިސްޓަރު ހީނާ ވަލީދުއާސަންދައެންސްޕާ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ފާތިމާ

654 ދުވަސް ކުރިން - 13:08

މެލޭސި އާގެނޫންތޯ އެމަ ދިވެހިން ގިނައީ އެގައުމުއަން އާސަންދަ ލިބޭގޮތައް ހަމަޖެއްސީޔާ މާރަގަޅުވާނެ ނޫންތޯ.

ގުޅޭ ޚަބަރުތައް

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

5 ދުވަސް ކުރިން - 19:50

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

7 ދުވަސް ކުރިން - 15:20

ފޮޓޯގްރަފީގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ހަނދާންތައް އާލާކުރެވޭނެ: މިނިސްޓަރު ހީނާ

ފޮޓޯގްރަފީގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ހަނދާންތައް އާލާކުރެވޭނެ: މިނިސްޓަރު ހީނާ

33 ދުވަސް ކުރިން - 14:34

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

50 ދުވަސް ކުރިން - 20:49

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ؛ މިހާރު ފަރުވާ ހޯދާ މީހުންނަށް ހިދުމަތް ލިބޭނެ

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

52 ދުވަސް ކުރިން - 23:25

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

52 ދުވަސް ކުރިން - 22:41