އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވިލާ ހޭވަން ރިސޯޓުގެ 13 މުވައްޒަފުންނަށް އަމާޒުކޮށްގެން އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ނިންމާލައިފިއެވެ.
މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމަޔަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، އަލިފާނުގެ ހާދިސާތަކާއި ގުޅޭ މުހިންމު ދާއިރާތަކުން ތަމްރީނު ދީފައިވާ ކަމަށް ވިލާ ހޮޓެލްސްއިން ބުންޏެވެ..
ކޯހުގައި ބައިވެރިވި ފަރާތްތަކަށް އުނގަންނައިދެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި އަލިފާނުގެ ވައްޓަފާޅި، އަތުން ގެންގުޅޭ އަލިފާން ނިއްވާ ސާމާނު، އަލިފާނުގެ ހާދިސާތައް ބެލެހެއްޓުމުގެ ނިޒާމު، އަދި އަލިފާން ނިއްވުމުގައި ބޭނުންކުރާ އެކި ވަޞީލަތްތަކާއި އާލާތްތަކާ ބެހޭ މަޢުލޫމާތު ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާތަކުގައި އަމިއްލަ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނުތަކާ ބެހޭ މަޢުލޫމާތުވެސް ދެވުނެވެ.
މި ކޯހުގެ ކުލާސްތައް ނަގައިދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ތަޖުރިބާކާރު ފަޔަރފައިޓަރުންނެވެ. މި ފަދަ ކޯސްތަކަކީ ރިސޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އަލިފާނުގެ ހާދިސާތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މުވައްޒަފުން ތައްޔާރުކުރުމަށް ވަރަށް މުހިންމު ކޯސްތަކެކެވެ.









