މާލޭގެ އެއާޕޯޓު ލައިޓު ސަރަޙައްދުގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 53 އަހަރުގެ ދިވެހި ފިރިހެނެއްގެ ޙާލު ސީރިއަސްވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ފަތިހު 5:25 އެހާއިރުގައެވެ.
"އަނިޔާވި މީހާއަކީ 53 އަހަރުގެ ދިވެހި ފިރިހެނެއް. މިވަގުތު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލުން އަޅުގަނޑުމެންނަށް މަޢުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
އަނިޔާވި މީހާގެ ވަނަވަރާއި އަނިޔާގެ ތަފްޞީލް އަދި ހާމަ ނުކުރާއިރު، ފުލުހުން ދަނީ ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.









